logoEN
Sto top
ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތްދޭންފެށި 27 ވަނަ އެއާލައިނަކަށް ނިއޯސް!

ވީއައިއޭގެ ޓާމިނަލް 1 އިން ހިދުމަތްދޭންފެށި 27 ވަނަ އެއާލައިނަކަށް ނިއޯސް!

އަހުމަދު ޝުރާއު

logo

11/24/2025, 10:00:28 AM

# އެމްއޭސީއެލް

-

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އިޓަލީގެ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ, ނިއޯސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

Wamco

ޓާމިނަލް 1 އިން ނިއޯސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު, މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހުއެވެ.

ރަސްމިއްޔާތުގައި ނިއޯސްގެ ގްރައުންޑް އޮޕަރޭޝަންގެ ޑިރެކްޓަރު ޑަމިއާނޯ ރޮސޯ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނިއޯސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 341 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ނިއޯސްގެ ފުރަތަމަ ފްލައިޓް, NO610 އިން ރާއްޖެ އައި 346 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ނިއޯސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 20 ޑިސެންބަރު 2004 ގައެވެ. މި އެއާލައިނަކީ އިޓަލީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ.

ނިއޯސް އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 27 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC