
އޭ.އެމް.އާރްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުވެ، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
# ފަސްޓް ލޭޑީ-
އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އޭ.އެމް.އާރް)ގެ ސަބަބުން އާންމު ޞިއްޙަތާއި، ކާބޯތަކެތީގެ ރައްކާތެރިކަން އަދި އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުވެ، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެ ކަމަނާ މިކަމަށް ގޮވާލެއްވީ، "ވޯލްޑް އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އެވެއަރނަސް ވީކް" އާއި ގުޅިގެން އޭ.އެމް.އާރްގެ ގައުމީ އެކްޝަން ޕްލޭން (2024-2029)ގެ މައްޗަށް އަލިއަޅުއްވާލައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، މި ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ އެންޓިބައޮޓިކް ބޭނުންކުރުމުގައި ފަރުވާތެރިވުމާއި، އިންސާނުންނާއި، ޖަނަވާރުންނާއި، ތިމާވެށީގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންކުރާ "ވަން ހެލްތު" ނަޒަރިއްޔާތުގެ މައްޗަށެވެ. 2017 އިން 2022އަށް ޢަމަލުކުރެވުނު ފުރަތަމަ އެކްޝަން ޕްލޭންގެ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، މިއަމާޒުތައް ކަށަވަރުކޮށް، އެކި ސެކްޓަރުތަކުގެ މޮނިޓަރިންގ އާއި ގަވަނަންސް ހަރުދަނާކުރުމަކީ މި ޕްލޭންގެ އަމާޒެވެ.
"ވޯލްޑް އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އެވެއަރނަސް ވީކް 2025" ދުނިޔޭގައި ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، އެންޓިބައޮޓިކް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް ގޮވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް މަސްލަހަތުވެރިންނާއި ޖަމާޢަތްތަކަށް ގޮވާލައްވާފައެވެ.
ގުޅުންހުރި

މީދޫ ވޮލީބޯޅަ ކޯޓް ރަސްމީކޮށް ހުޅުވައިފި

ކުޑަހުވަދޫ ޑަބްލިއުޑީސީން ތަރައްޤީކުރި ޖިމް ފަސްޓް ލޭޑީ ހުޅުއްވައިދެއްވައިފި

ގައުމީ މަގުޗާޓަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި، ކުރިއަށް އެޅުނު ވަރުގަދަ ތާރީޚީ ފިޔަވަޅެއް - ނައިބު ރައީސް

.gif&w=3840&q=75)



