logoEN
Sto top
ކްލައުޑްފްލެއާއަށް މައްސަލަ ދިމާވެ ވެބް ހިދުމަތްތަކަށް ބުރޫއަރައިފި

ކްލައުޑްފްލެއާއަށް މައްސަލަ ދިމާވެ ވެބް ހިދުމަތްތަކަށް ބުރޫއަރައިފި

އަހުމަދު ޝުރާއު

logo

11/18/2025, 12:12:26 PM

# ކްލައުޑްފްލެއާ

ސައިބަ ހަމަލާތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ބައިނަލަގްވާމީ ކަލައުޑް ހިދުމަތް، ކްލައުޑްފްލެއާ ހިދުމަތަށް ކުއްލި މައްސަލައެއް ދިމާވެ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެބްސައިޓްތަކާއި އިންޓަނެޓްގެ އެކި ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

Wamco

ކްލައުޑް ފްލެއާއަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަން އެކުންފުނީން މިއަދު ނެރުނު ކުރި ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައި އެވެ. އެގޮތުން ދިމާވި މައްސަލައިގެ ތަފްސީލް އަދި މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް އެކަން ތަހުގީގު ކުރަމުންދާކަންވެސް ކްލައުޑްފްލެއާގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

މި މައްސަލަ ދިމާވީ މިއަދު ރާއްޖެ ގަޑިން ހަވީރު 16:55 ހާއިރު އެވެ. މި މައްސަލަ ކުރިމަތިވުމާއިއެކު ރާއްޖޭގެ ގިނަ ވެބްސައިޓުތަކެއްވެސް ހުއްޓުމަކަށް އައިސްފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ޖުމްހުރިއްޔާގެ ރަސްމީ ވެބްސައިޓާއި ފުލުސް ވެބްސައިޓުގެ އިތުރުން ރާއްޖޭގެ ގިނަ ނޫސްތަކެއްގެ ވެބްސައިޓުތައްވެސް ހިމެނެއެވެ. އަދި ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލްގެ ހިދުމަތްތައްކަމަށްވެސް މި މައްސަލައާއި ގުޅިގެން ބުރޫއަރާފައިވެއެވެ.

ކުއްލިި ގޮތަކަށް ކްލައުޑް ފްލެއާގެ ހިދުމަތްތައް ހުއްޓުމަކަށް އައި އިރު އެކުންފުނީން މީގެ ކުރީން ވަނީ މިއަދު ޝެޑިއުލްޑް މެއިންޓެނެންސެއް ކުރިޔަށްގެންދާކަންވެސް ބައެއް ކަސްޓަމަރުންނަށް އަންގާފައި ކަމަށް ބޭރުގެ ޓެކް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މިއަދު ދިމާވި މައްސަލައަކީ މެއިންޓެނެންސް މަސައްކަތުގެ ތެރެއިން ދިމާވި މައްސަލައެއް ކަމަށް ބޮޑަށް ބެލެވެއެވެ.

ކްލައުޑް ފްލެއާއަށް 2022 ވަނަ އަހަރުވެސް މިފަދަ މައްސަލައެއް ދިމާވިއެވެ. އެފަހަރުވެސް ދުނިޔޭގެ ގިނަ ވެބްސައިޓުތަކެއް ހުއްޓުމަކަށް އައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC