logoEN
Sto top
ބީއެމްއެލުން ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ބޮޑުކޮށްފި

ބީއެމްއެލުން ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ބޮޑުކޮށްފި

އަހުމަދު ޝުރާއު

logo

11/10/2025, 7:58:21 AM

# ބީއެމްއެލް

-

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ބޮޑުކޮށްދީފި އެވެ.

Wamco

މިއީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލު ކަމަށް ބީއެމްއެލުން ވަނީ ހާމަކޮށްފައެވެ.

މި ބަދަލާއިއެކު ކާޑު މެޝިނުން ކުރާ މުޢާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް މި ލިމިޓް އިތުރުކޮށްފައިވާއިރު، މި ބަދަލަށް އަމަލުކުރަން ފަށާނީ 11 ނޮވެންބަރު 2025 އިން ފެށިގެންނެވެ.

އަދި އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރުވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައެވެ. ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

View post on Twitter

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކަށް ލިބޭ ޑޮލަރު ލިމިޓު ބޮޑުކުރަން ނިންމާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި މ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މުއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެންވެސް ކްރެޑިޓް ކާޑުތަކުގެ ލިމިޓުވެސް ބޮޑުކުރަން ނިންމާފައިވާކަން ރައީސް އޭރު އިއުލާނުކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC