logoEN
Sto top
އީ-ވިސާގެ ހިދުމަތް ތައާރަފްކޮށް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލްކޮށްފި

އީ-ވިސާގެ ހިދުމަތް ތައާރަފްކޮށް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލްކޮށްފި

އަހުމަދު ޝުރާއު

logo

11/10/2025, 7:50:46 AM

# މޯލްޑިވްސް އިމިގްރޭޝަން

-

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަދި އެހެނިހެން ބޭނުންތަކުގައި ދިރިއުޅޭ ބިދޭސީންނަށް ރާއްޖޭގައި އުޅުމުގެ ހުއްދަ ނުވަތަ ވިސާ ދޫކުރުން ޑިޖިޓަލައިޒްކޮށް ރާއްޖޭގައި އީވިސާގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

Wamco

މިއަދު މާލޭގެ ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އީ ވިސާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ދާހިލީ ވުޒާރާއިން ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަޑައަޅުއްވާފައިވާ ހާއްސަ ތަސައްވުރު "ދިވެހިރާއްޖެ 2.0" ގެ ދަށުން ތައާރަފްކުރެވިގެން ދިޔަ ހިދުމަތެއް ކަމަށެވެ.

މި ޒަމާނީ ނިޒާމު ތައާރަފުކުރުމުގެ ކުރިން، ވިސާއަށް އެދި ހުށަހަޅަންޖެހެނީ ކަރުދާހުގައި ޕްރިންޓްކޮށްފައިވާ ފޯމުތައް މެދުވެރިކޮށެވެ. ފަހުން މި ނިޒާމު އޮންލައިން ޕްލެޓްފޯމަކަށް ބަދަލުކުރެވުނު ނަމަވެސް، ވިސާ ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ހަދައި، އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓު ހުށަހެޅުން އޮތީ ލާޒިމްވެފައެވެ. މިއީ އެންމެހާ ވީޒާއާ ގުޅުންހުރި ހިދުމަތްތަކަށް އެދޭ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންނަށް ދަތިތަކާ ކުރިމަތިވަމުން އައި ކަމެކެވެ. ޚާއްސަކޮށް މާލެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މިކަމުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަނެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މި އެޕްލިކޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވަރަށް ހާއްސަ ޑިޖިޓަލް ނިޒާމެކެވެ. އަދި މިއީ އިމިގްރޭޝަންގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ މުހިންމު ބަދަލެއްގެ ގޮތުގައި އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއަދު ތައާރަފްކުރެވިގެންދިޔަ އީ-ވީޒާގެ ހިދުމަތާއިއެކު، މީގެކުރިން ވީޒާގެ ހިދުމަތް ހޯދުމަށްޓަކައި ވަކިވަކި ސިސްޓަމްތައް ބޭނުންކުރަންޖެހުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް ހައްލު ލިބި، ލުއިފަސޭހަކަމާއެކު ވިސާއަށް އެދި ހުށަހެޅޭނެއެވެ. އަދި ވިސާ ދޫކުރުމާއެކު އީ-ވިސާ އޮންލައިންކޮށް ޑައުންލޯޑްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އީ-ވިސާގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ކިއު.އާރް ކޯޑެއް ހިމެނިފައިވާނެއެވެ.

މި ޚިދުމަތްތައް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ވީޒާ ދޫކުރެވިފައިވާ ބިދޭސީ ފަރާތަށް، މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެ ފަރާތަކަށް ދޫކުރެވިފައިވާ އީ-ވީޒާ ގެ މަޢުލޫމާތު ފެނިގެންދާނެއެވެ. އަދި ކުރިމަގުގައި އީ-ވީޒާ ބޭނުންކޮށްގެން އެކިއެކި ހިދުމަތްތައް ހޯދުމުގެ މަގުފަހިވެގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އަލަށް ތައާރަފްވެގެންދިޔަ މި ނިޒާމާއިއެކު ޕާސްޕޯޓު އިމިގްރޭޝަނަށް ގެނެސް ވިސާ ޖެހުމުގައި ގިނަފަރާތްތަކަކުން އުފުލި ތަކުލީފަށް މިއަދު މިވަނީ ފުރިހަމަ ހައްލެއް ލިބިގެން ގޮސްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC