logoEN
Sto top
ކެރިއާ ގައިޑެންސް އަދި ގިވްއަވޭތަކާއެކު 'ވަރަ' އެކްސްޕޯގައި އެޗްޑީސީގެ ގިނަ ސްޓޯލްތަކެއް!

ކެރިއާ ގައިޑެންސް އަދި ގިވްއަވޭތަކާއެކު 'ވަރަ' އެކްސްޕޯގައި އެޗްޑީސީގެ ގިނަ ސްޓޯލްތަކެއް!

އަހުމަދު ޝުރާއު

logo

11/6/2025, 4:04:27 PM

# ވަރަ އެކްސްޕޯ

-

'ވަރަ' އެކްސްޕޯގެ ނަމުގައި މިއަދު ފަށާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯގައި، ކެރިއަރ ގައިޑެންސް ދިނުމަށް އެޗްޑީސީން ގިނަ ސްޓޯލްތަކެއް ބަހައްޓަން ނިންމައިފިއެވެ.

Wamco

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯ އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯގައި އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގެ ފަރާތުން ޖުމްލަ 9 ސްޓޯލެއް ބަހައްޓާނެއެވެ. އޭގެ ތެރޭގައި ކެރިއާ ގައިޑެންސް ދިނުމާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން އެކި ކަހަލަ ގޭމްތައްވެސް ހިމެނެއެވެ. އަދި، އެއާއެކު އެކްސްޕޯއަށް ޒިޔާރާތްކޮށް، އެޗްޑީސީގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފަރުކޮޅުފުށި ވެޑިންގ ވެނިއުއެއް އަދި ކުޑަގިރި ދަތުރެއް ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހޯދައިދީ، ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ޒުވާނުންނަށް ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގުރާމުތައްފަދަ ގިނަ ހަރަކާތްތަކެއް އަބަދުވެސް ކުރިއަށްގެންދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC