
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މި ސަރުކާރުން ކުރިޔަށްގެންދާ 17 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި
# ރައީސް މުއިއްޒު-
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިޔަށްގެންދާ ގިނަ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން މިރޭގެ ޖަލްސާގައި ވަނީ އައްޑޫ ސިޓީ ފޭދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހިތަދޫގެ އިތުރުން މުޅި އައްޑޫ ސިޓީއާއި ގުޅޭ 17 މަޝްރޫއެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި އެވެ. އެމަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ
- މަރަދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އެމްލޮގް ކުންފުންޏާއި
- މަރަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ބިނާ ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާއި
- މަރަދޫ ސްކޫލްގެ މަލްޓިޕާޕާސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތުގެ އެއްބަސްވުން - މި މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާއި
- މަރަދޫގައި 50 ހައުސިން ޔުނިޓް ތަރައްގީ ކުުރުމުގެ މަޝްރޫއު- މި މަޝްރޫއު ހަވާލުކުރީ އެޗްޑީސީއާއި
- ފޭދޫގައި 50 ހައުސިން ޔުނިޓް ތަރައްގީ ކުުރުމުގެ މަޝްރޫއު- މި މަޝްރޫއު ހަވާލުކުރީ އެޗްޑީސީއާއި
- ފޭދޫ ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އެމްޑަބްލިއުއެސްސީއާއި
- ފޭދޫގައި އިސްރަށްވެހިންގެ ހިޔާ ގާއިމް ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ ލިޓަސްއާއި
- ފޭދޫގައި ނެޓްބޯޅަ ކޯޓު ގާއިމް ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އާރްޑީސީއާއި
- ފޭދޫގައި ސްޕޯޓްސް ކޮމްޕެލްސްއެއް ގާއިމް ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އެމްއޭސީއެލްއާއި
- މަރަދޫފޭދޫގައި ފަތާ ޓްރެކެއް ގާއިމް ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާއި
- މަރަދޫފޭދޫގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސް އަދި ދަނާލް ތަރައްގީ ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ ޓްރަސްޓް އިންޖިނިއަރިންގއާއި
- ޝަރަފުއްދީން ސްކޫލްގެ މަލްޓިޕާޕާސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާއި
- ހިތަދޫގައި 100 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އެޗްޑީސީއާއި
- އައްޑޫ ސިޓީ ހިތަދޫ އާ ސެންޓްރަލް ޕާކް ތަރަައްގީ ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އެޗްޑީސީއާއި
- އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް 600 ކޮޓަރީގައި 1000 އަށްވުރެ ގިނަ އެނދު ގާއިމް ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އެމްޓީޑީސީ އާއި
- އައްޑޫ ސިޓީ ވަގުފް އިމާރާތް ގާއިމް ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އެސް.އޭ.އެސްއީ އާއި
- އައްޑޫ ސިޓީގެ ޔޫތް ތާޑް ސްޕޭސް ބިނާ ކުރުމުގެ މަޝްރޫއު - މި މަޝްރޫއު ހަވާލުކުރީ ސެންޓަރ ލޭންޑް ކުންފުންޏާއި
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި ނައިބު ވަޒީރުންނެވެ. އަދި ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.
މިއީ މިހާތަނަށް އައްޑޫ ސިޓީގައި އެއްފަހަރާ އެންމެ ގިނަ މަޝްރޫއު ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިގެންދިޔަ ފަހަރެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްގެންގޮސްދެއްވައި މި ދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.
ގުޅުންހުރި

206 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެ، ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއްނެތް - ރައީސް

ތަރައްޤީގެ 206 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފި

ރާއްޖޭގެ ކޮންމެ ރަށެއްގައި، ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭ - ރައީސް





