logoEN
Sto top
ބީއެމްއެލުން އައްޑޫގައި ޑޮލަރު އޭޓީއެމް އާއި ކަސްޓަމަރ ސަރވިސް ސެންޓަރެއް ގާއިމުކޮށް ބޭންކުގެ ޚިދުމަތް ފުޅާކޮށްފި

ބީއެމްއެލުން އައްޑޫގައި ޑޮލަރު އޭޓީއެމް އާއި ކަސްޓަމަރ ސަރވިސް ސެންޓަރެއް ގާއިމުކޮށް ބޭންކުގެ ޚިދުމަތް ފުޅާކޮށްފި

އަހުމަދު ޝުރާއު

logo

11/5/2025, 4:52:21 PM

# ބީއެމްއެލް

-

ބޭންކް އޮފް މޯލްޑިވްސް އިން އައްޑޫގައި ދެމުން އަންނަ ބޭންކިންގެ ޚިދުމަތްތައް ފުޅާކޮށް ކަސްޓަމަރުން އިތުރު ފަސޭހަތަކެއް ހޯދައިދީފިއެވެ.

Wamco

ޚިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިއަދު ހިތަދޫ ބްރާންޗުގައި އައު ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައި، މަރަދޫގައި ޑޮލަރު އޭޓީއެމްއެއް ވަނީ ގާއިމުކޮށްފައެވެ. އަދި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުދޫގައި އައު ބްރާންޗެއްގެ ބިންގާވެސް ވަނީ އަޅައިފަ އެވެ.

ބީއެމްއެލުން ބުނީ މިކަމުން ބޭންކުން ދިވެހި މުޖުތަމައުގެ ބޭނުންތައް ފުރިހަމަކޮށް، އިގްތިސާދީ ކުރިއެރުމަށް އެހީތެރިވުމަށް ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެބޭންކުގެ ބޭންކިންގ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރަން މުހިންމު އަހުމިއްޔަތުކަމެއް ދޭ ކަމަށެވެ. އެގޮތުން އައްޑޫގައި ޚިދުމަތް ފުޅާކުރުމަކީ ކަސްޓަމަރުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވި އެވެ.

އައްޑޫ ހިތަދޫ، ހުޅުމީދޫ އަދި މަރަދޫ ފޭދޫގައި ގާއިމުކޮށްފައި ހުންނަ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ބޭންކުން މިހާރުވެސް ވަރަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެއެވެ. އަދި 11 އޭޓީއެމްގެ ސެލްފް ސަރވިސް ބޭޏްކިންގެ އޭޓީއެމް ސެންޓަރަކާއި، ހިތަދޫގައި ގާއިމުކޮށްފައިވާ ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ދެމުން ދާއިރު، ބޭންކުގެ ކޮންޓެކްޓް ސެންޓަރެއްވެސް އައްޑޫގައި ހިންގައެވެ.

މީގެ ތެރެއިން މަރަދޫ ފޭދޫގައި ހިންގާ ބޭންކުގެ ބްރާންޗް (ބީއެމްއެލް ގަމު ބްރާންޗް) އަކީ ބޭންކުގެ ތާރީހުގައި ވަރަށް ހާއްސަ ބްރާންޗެކެވެ. ގަމު ބްރާންޗަކީ މީގެ 40 އަށްވުރެ ގިނަ އަހަރު ކުރިން، 1983 ވަނަ އަހަރު މާލޭން ބޭރުގައި ގާއިމުކުރި ބޭންކުގެ ފުރަތަމަ ބްރާންޗެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 261 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC