logoEN
Sto top
ދިވެހި އަސްކަރިއްޔާއަށް އަންނަ އަހަރު އަސްކަރީ މަތިންދާބޯޓުތައް ހޯއްދެވުމަށް ރާވާފައިވާކަން ރައީސް ހާމަކުރައްވައިފި

ދިވެހި އަސްކަރިއްޔާއަށް އަންނަ އަހަރު އަސްކަރީ މަތިންދާބޯޓުތައް ހޯއްދެވުމަށް ރާވާފައިވާކަން ރައީސް ހާމަކުރައްވައިފި

އަހުމަދު ޝުރާއު

logo

11/5/2025, 4:08:19 PM

# ރައީސް މުއިއްޒު

-

ދިވެހި އަސްކަރިއްޔާއަށް އަންނަ އަހަރު އަސްކަރީ މަތިންދާބޯޓުތައް ހޯއްދެވުމަށް ރާވާފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

Wamco

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވުމަށް އައްޑޫސިޓީ ގަމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަންނަ އަހަރަކީ އަސްކަރިއްޔާ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިންގަވާނެ އަހަރެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ އަހަރަކީ އަސްކަރިއްޔާގެ އެއަރ ކޯރއަށް އަސްކަރީ މަތިންދާބޯޓުތައް ހޯއްދެވުމާއި އަދި އެފަދަ ގިނަ ކަންކަން ކުރައްވަން ރާއްވަވާފައިވާ އަހަރެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އަދި ސައިބަރ ވޯފެއަރއަށް ޤައުމީ ދިފާޢީ ބާރުގެ ކެޕޭސިޓީ އިތުރުކުރުމާއި، ޓޯޓަލް ޑިފެންސް އީކޯސިސްޓަމެއް ގާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ހުރިހާ ގޮތަކުންވެސް ވަށާޖެހޭ މިޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ، ހުރިހާ މާނައެއްގައިވެސް ޤައުމު ހިމާޔަތްކޮށް، ޤައުމު ދިފާޢުކުރަންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ކުރީ ސަފުގައި، އެންމެ ވަރުގަދައަށް، މަސައްކަތް ކުރެވޭނެވަރުގެ ކެޕޭސިޓީ ގާއިމުވެފައިވާ ތަނަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވަނީ އެމް.އެން.ޑީ.އެފް. ގެ އެއަރ ކޯރގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙްކޮށްދެއްވައި، ޚިދުމަތް ފައްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެސަރަހައްދު ބައްލަވާލައްވައި، ގަން އެއަރ ސްޓޭޝަންގެ އޮޕަރޭޝަން ރޫމާއި ސިމިއުލޭޓަރ ރޫމް ބައްލަވާލައްވައި، ގްރޫޕް ފޮޓޯފުޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 5/2024 އިންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC