logoEN
Sto top
ފުވައްމުލަކުގެ އައު ބަނދަރު މަޝްރޫއު ހެވީފޯސްއާއި ހަވާލުކޮށްފި

ފުވައްމުލަކުގެ އައު ބަނދަރު މަޝްރޫއު ހެވީފޯސްއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

11/5/2025, 2:30:41 AM

# ފުވައްމުލައް ސިޓީ

-

ޏ. ފުވައްމުލަކު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އާއެކު ސޮއިކޮށްފިއެވެ.

Wamco

ސަރުކާރުން ފުވައްމުލަކުގައި އިތުރު ބަނދަރެއް ތަރައްޤީކުރުމަށް ކުރިޔަށްގެންދާ މި ޚާއްސަ މަޝްރޫއު ހެވީފޯސް ކުންފުންޏާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ފުވައްމުލަކަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން ރޭގެ ޖަލްސާގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރުއެވެ.

މި މަޝްރޫއު ހެވީ ފޯސްއާއި ހަވާލުކުރީ 02,929,871.331 ރުފިޔާ އަށް 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ސްކޯޕުގައި ހިމެނެނީ ބަނދަރާއި ނެރު ފުންކުރުމާއި 290 މީޓަރުގެ ސަރަޙައްދެއްގައި ކީވޯލް ބްލޮކް ޖައްސައި ބަނދަރު ތަރައްޤީކުރުމުގެ އިތުރުން 85 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ހެދުމެވެ.

މި މަޝްރޫއާއި ގުޅޭގޮތުން ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފުވައްމުލަކު ސިޓީގެ ބަނދަރުގެ މައްސަލައަށްވެސް ފުރިހަމަ ޙައްލެއް ހޯއްދަވައި ދެއްވާނެކަމަށާއި އެމަޝްރޫއުއަށް ބަޖެޓުގެ މައްސަލައެއް ނެތްކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC