
ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް އަފާމީ މޯލްޑިވްސްއަށް!
# ފުވައްމުލައް ސިޓީ-
ފުވައްމުލައް ސިޓީގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް މިއަދު ސޮއި ކުރެއްވީ ފުވައްމުލައް ސިޓީ ރައްޔިތުންނާއި ބަދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރޭގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އަފާމީ މޯލްޑިވްސްގެ ފަރާތުން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުއެވެ.
މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެއެވެ.
މީގެ އިތުރުން ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ގުޅުންހުރި

ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލާފާސްކޮށް ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފި

ފުވައްމުލައް ސިޓީގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޑިޖިޓަލް ޗާޓް އިފްތިތާޙްކޮށްފި

ދަނޑުވެރިކަމުގެ ގައުމީ ލެބޯޓެރީ ފުވައްމުލަކުގައި ގާއިމްކޮށްފި

.gif&w=3840&q=75)



