
ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޏ. ފުވައްމުލައް ސިޓީގައި ފުލުހުންގެ އެކޮމަޑޭޝަން ބްލޮކެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީޒް ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ފުވައްމުލަކު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން 11,946 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 3982 އަކަފޫޓު ހުންނާނެއެވެ.
މިއީ 19.17 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގުޅުންހުރި

ހިޓް އެންޑް ރަން ކޭސްއަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެފި

ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެ

.gif&w=3840&q=75)



