logoEN
Sto top
އިއްޔެ ބޭއްވި އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއުއަށް 670 ބައިވެރިން ހާޒިރުވި!

އިއްޔެ ބޭއްވި އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއުއަށް 670 ބައިވެރިން ހާޒިރުވި!

އަހުމަދު ޝުރާއު

logo

11/2/2025, 4:00:54 PM

# މޯލްޑިވްސް އިމިގްރޭޝަން

-

އިމިގްރޭޝަންއިން ހުޅުވާލާފައިވާ 70 އިމިގްރޭޝަން ޓްރެއިނީ އޮފިސަރުންގެ މަގާމަށް އިއްޔެ ބޭއްވި ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

Wamco

70 އިމިގްރޭޝަން ޓްރެއިނީ އޮފިސަރުންގެ މަގާމަށް މީހުން ހޮވުމަށް އިމިގްރޭޝަނުން ވޯކް އިން އިންޓަވިއުއެއް ކުރިޔަށް ގެންދިޔައީ އިއްޔެ ހެނދުނުން ފެށިގެން ހަވީރަށް ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލުގައި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 70 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ލިބުނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަރުހީބެއް ކަމަށާއި ޖުމްލަ 670 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޒިރުވި ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މިގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ ވޯކް އިން އިންޓަވިއުގެ މަސައްކަތުގައި 70 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައިއެވެ.

މިދިޔަ މޭމަހުގެ 24 ވަނަ ދުވަހުވެސް އިމިފްރޭޝަނުން ވަނީ 50 އިމިގްރޭޝަން ޓްރެއިނީ އޮފިސަރުންގެ މަގާމަށް މީހުން ނެގުމަށް ޚާއްސަ ވޯކްއިން އިންޓަވިއުއެއް ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން އެ އިންޓިވިއުތަކަށްވެސް ބޮޑު ތަރުހީބެއް ލިބުނު އިރު އެ އިންޓިވިއުތަކަށް ޖުމުލަ 800 އަށްވުރެ ގިނަ ބައިވެރިން ހާޒިރުވެފައި އެވެ .

E living
ކޮމެންޓް
E living
ފަހުގެ
HDC