logoEN
Sto top
ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރަށް!

ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރަށް!

އަހުމަދު ޝުރާއު

logo

10/31/2025, 9:30:04 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ހދ ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

Wamco

ފުލުހުން މިއަދު ބުނީ ހދ ނޮޅޮވަރަމަށް މަސްތުވާތެކތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަނާއި ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެރަަށަށް ނިސްބަތްވާ އުމުރުން 48 އަހަރުގެ އަހުމަދު ރަޝީދު އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނޮޅިވަރަމަށް އައި ބޯޓަކުން ގެނައި ފޮށިގަނޑަކާއި ދަނޑިޔަލެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ޕެކެޓު ފެނުނު މައްސަލައާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC