.jpeg&w=3840&q=75)
ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި، އަންނަ އަހަރު ނިޔަލަށް 903 މިލިއަން ޑޮަލަރަށް އަރާނެ ކަމަށް ލަފާކުރެވޭ!
# މާލީ ވުޒާރާ-
އަންނަ އަހަރުގެ ދައުލަތުގެ ރަސްމީ ރިޒާވް 903 މިލިއަން އެމެރިކާ ޑޮލަރަކަށް އަރާނެކަމަށް ލަފާކޮށްފި އެވެ.

މިކަން ހާމަކުރެއްވީ 2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުގައި އެވެ. އެގޮތުން ޒަމީރު ވިދާޅުވީ 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 591 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށަށް ގޮސްފައި ކަމަށާއި ޔޫޒަބަލް ރިޒާވް ހުރީ 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ދަށުގައި ކަމަށެވެ.
ދިވެހިރާއްޖޭގެ ފިސްކަލް އަދި އެކްސްޓާނަލް ސެކްޓަރ ޕޮޒިޝަން އިންތިހާއަށް ބަލިކަށިވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުން ވެރިކަމާ ހަވާލުވެވަޑައިގެންނެއިރު މެކްރޯ އިކޮނޮމިކް ހާލަތު އޮތީ ނުހަނު ނާޒުކު ފައްތަރެއްގައި ކަމަށާއި 2017 ވަނަ އަހަރު، ދުނިޔޭގެ އިންޓަރެސްޓް ރޭޓް ދަށުގައި ހުރި ދުވަސްވަރު ދިވެހި ސަރުކާރުން ބޮޑު އިންޓަރެސްޓް ރޭޓެއްގައި ވިއްކި ބޮންޑް ރީފައިނޭންސް ކުރުމަށާއި ޚަރަދު ފައިނޭންސްކުރުމަށް މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ބޮޑު އިންޓަރެސްޓް ރޭޓެއްގައި ސްކޫކް ވިއްކި ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެ ސުކޫކް އަންނަ އަހަރު އަނބުރާ ދެއްކުމުގެ ބިޔަ ޒިންމާވެސް މިސަރުކާރުން އުފުލަންޖެހޭ ކަން ޒަމީރު ފާހަގަކުރެއްވި އެވެ. ޒަމީރު ވިދާޅުވީ އެއްވެސް ރޭވުންތެރިކަމެއް ނެތި މަޝްރޫޢުތައް އެވޯޑްކުރުމާއި، ވަކިން ޚާއްސަކޮށް މަސައްކަތުގެ ފަންނީ އަދި މާލީ ޤާބިލުކަން ނެތް ކުންފުނިތަކަށް މަޝްރޫޢުތައް އެވޯޑުކުރުމުގެ ނަތީޖާއަކީ، ވަކި އުސޫލުތަކެއްގެ ތެރެއިން ބިލްތަކަށް ފައިސާދައްކަމުން ދިޔަ ނިޒާމަށް ބުރޫއަރައި، މަޝްރޫއުތައް މަޑުޖެހި، ހުއްޓިފައި ހުރުން ކަމަށެވެ.
" އަޅުގަނޑުމެންގެ ސަރުކާރުން މިހާލަތް ރަނގަޅަށް ދެނެގަނެ ތިބެމެ، އަވަސްވެގަތީ މިކަމުން ވާރުތަވި ހާލަތުން އަރައިގަތުމަށް. ދައުލަތުގެ މާލިއްޔާ ކޮޅަށްޖަހައި ދިވެހިރާއްޖޭގެ އިގްތިސާދުގެ ދުވެލި ކުރިއަރައިގެންދާނެ މަގެއްގައި ބައްޓަންކުރުމަށް. މިގޮތުން، މި އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު މިހިނގާ އަހަރަށް ލަފާކޮށް އޭރު ހުށަހެޅި ބަޖެޓްގައި ދައުލަތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ގިނަ ޓެކުހާއި ފީ މަތިކުރުމަށް ހުށަހެޅިން. މިސަރުކާރުން ގެނައި ބަދަލުތަކާއެކީގައި މިއަދާ ހަމައަށް ވާސިލްމިވީ ދިވެހި ސަރުކާރުން އަދާކުރަންޖެހޭ އެންމެހާ ދަރަނިތަކާއި ޒިންމާތައް ގަޑިންގަޑިއަށް އަދާކުރަމުން." ޒަމީރު ވިދާޅުވިއެވެ.
މިހިނގާ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ އެކްސްޓާނަލް ސެކްޓަރ ބެލެންސްތަކަށް ބަލާއިރު، މަރުކަޒީ ބޭންކުން ސެޕްޓެމްބަރގެ ނިޔަލަށް އިއުލާންކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން، ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި ކަމަށެވެ. އަދި އެއާ އެކު، 200 މިލިއަން އެމެރިކާ ޑޮލަރު ނެޓް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް މެކްރޯ އިކޮނޮމިކް އަންސްޓޭބަލް ހާލަތުން ވީއްލި، ދިވެހި ސަރުކާރުން ދަރަނި، ވަކިން ހާއްސަކޮށް ބޭރުގެ ދަރަނި ގަޑިންގަޑިއަށް ދައްކާނެކަމުގެ ޔަގީންކަން އަލުން ހޯދާފައިވިީ ނަމަވެސް، 2026 ވަނަ އަހަރަކީ، ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރުކަން ޒަމީރު ފާހަގަކުރެއްވި އެވެ.
އެހެންކަމުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމުގައި މިކަމަށް މާލީ ވުޒާރާއިން ވިސްނައި، ފިސްކަލް ޕޮލިސީ އެކަށައެޅުމުގައި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާ އެކީ މެކްރޯ ފިސްކަލް ސްޓެބިލިޓީ ގާއިމްކުރުމަށްޓަކައި މުހިންމު ފިސްކަލް ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި މިލަނޑުދަނޑިތައް ހާސިލްކުރާނެ ގޮތުގެ އޮޕަރޭޝަނަލް އަމާޒުތަކެއް ބަޖެޓާ އެކީގައި މަޖިލީހަށް ހުށަހަޅާފައިވާނެކަން ޒަމީރު ވިދާޅުވިއެވެ.
އިގްތިސީދު ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވް 2024 ވަނަ އަހަރު ނިމުނުއިރު 673.9 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިސާދީ ކުރިއެރުމާއެކު 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ.
އަދި 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށްވެސް ޒަމީރު ވަނީ ލަފާކޮށްފައި އެވެ.
ގުޅުންހުރި

ބަޖެޓުގެ ސާޕްލަސް 2.2 ބިލިއަން ރުފިޔާއަށްވުރެ މަތީގައި!

މަޝްރޫއުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތަކާއެކުވެސް އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެއްޖެ - މާލީ ވުޒާރާ
.jpeg&w=3840&q=75)
ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި، އަންނަ އަހަރު ނިޔަލަށް 903 މިލިއަން ޑޮަލަރަށް އަރާނެ ކަމަށް ލަފާކުރެވޭ!
.jpg&w=3840&q=75)
.gif&w=3840&q=75)



