logoEN
Sto top
ބަޖެޓު 26: ބަޖެޓުން 62 އިންސައްތަ ޚާއްސަކުރީ މުސާރަތައް ބޮޑުކުރެވިގެންދާނެތީ ރިކަރެންޓު ހަރަދަށް!

ބަޖެޓު 26: ބަޖެޓުން 62 އިންސައްތަ ޚާއްސަކުރީ މުސާރަތައް ބޮޑުކުރެވިގެންދާނެތީ ރިކަރެންޓު ހަރަދަށް!

އަހުމަދު ޝުރާއު

logo

10/30/2025, 9:40:35 AM

# ރައީސް މުއިއްޒު

-

އަންނަ އަހަރަށް ދައުލަތުން މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ބޮޑު އިންސައްތައެއް ރިކަރެންޓު ހަރަދަށް ޚާއްަސަކޮށްފި އެވެ.

Wamco

2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުެއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. 2026 ވަނަ މާލީ އަހަރަށް ސަރުކާރުން މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގެ ޖުމުލަ އަދަދަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ) އެވެ.

މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ އެކަށައަޅާފައިވަނީ ރިކަރަންޓް ޚަރަދަށް ކަމަށެވެ. އެގޮތުން މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް ޒަމީރު ވިދާޅުވިއެވެ.

2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރަށް މިހާރު ސަރުކާރުން އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެކެވެ. ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާއި ގުޅިގެން އިތުރުވާ މުސާރަ އާއި އުޖޫރައިގެ ޚަރަދު ކަމަށެވެ.

މި އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވާއިރު ޒަމީރު ވިދާޅުވީ އެހަރަދު ބޮޑުވާނެ ކަމަށް ބެލެވޭ ސަބަބަކީ ހިނގަމުންދާ އަހަރުގެ ޕީއެސްއައިޕީ ސިޔާސަތު އަންނަ އަހަރުވެސް ހަމަ އެފަދައިން ކުރިއަށް ގެންދިޔުމާއެކު، އުމްރަނީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް އަންނަ އަހަރު ތަންފީޒުކުރުމަށް ރާވާފައިވާތީ ކަމަށެވެ.

އެގޮތުން މިއަހަރުގެ ބަޖެޓު ވެގެންދާނީ ދިވެހި ދައުލަތުން މިހާތަނަށް މަޖިލީހަށް ހުށެޅި އެންމެ ބޮޑު ބަޖެޓަށެވެ. ބަޖެޓާއި ގުޅޭގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓަށް އިތުރުވުމެއް އައިސްފައިވަނީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫ ކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން އޭގެ ކުރީން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ޖެހިފައިވާތީ ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދުގެ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 9.3 ބިލިއަން ރުިފޔާ ވަނީ ހިމަނާފައި އެވެ. މިއާއިއެކު އެހަރަދު ނުލައި ދައުލަތުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އަދަދަކީ 55 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ބަޖެޓު ބޮޑުވި ނަމަވެސް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ އަދަދުތަކާއިއެކު މެދުރާސްތާގައި ދަރަނި ދެއްކުމުގެ ހަދަރު ކުޑަވެ 2027 އަދި 2028 ވަނަ އަހަރުގެ ބަޖެޓު ކުޑަވެގެންދާނެ ކަމަށް ބެލެވޭކަމަށްވެސް ޒަމީރު މިއަދު ވިދާޅުވިއެވެ. އެގޮތުން 2027 ވަނަ އަހަރުގެ ބަޖެޓު 56.8 ބިލިއަން ރުފިޔާއަށް ކުޑަކުރެވި 2028 ވަނަ އަހަރުގެ ބަޖެޓު 56 ބިލިއަން ރުފިޔާއަށް ކުޑަކުރެވިގެންދާނެ ކަމަށް ބެލެވޭކަމަށް ޒަމީރު ވިދާޅުވިއެވެ.

2026 ވަނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް 8.7 ބިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 373.6 މިލިއަން ރުފިޔާއެވެ. މިއާއިއެކު 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 40.3 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓް އިތުރު އަދަދެކެވެ.

މީގެ އިތުރުން މިއަހަރު ހުޅުވި ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއަރޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައި އެވެ. މިކަމުގެ ސަބަބުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޓެކުހާއި ފީ ކުރިއަރާނެކަމަށް އަންދާޒާކުރޭއިރު މިގޮތުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަރުތުވެރިން އިތުރުވުމާއެކު އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނި، އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC