
-
ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
ސަރުކާރުން މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ އެރަށުގެ ކައުންސިލާއެވެ.
ކ. އަތޮޅު ތައިލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އިސްމާޢީލު ޝަފީީޢުއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި މަޝްރޫޢުގެ ދަށުން 15 ކްލާސްރޫމާއި އޮފީސް އިމާރާތަކާއި ސްޓާފްރޫމާއި ލައިބްރަރީގެ އިތުރުން ނަމާދު ކޮޓަރި ހިމެނޭހެން 4 ފަންގިފިލާއަށް ކ. އަތޮޅު ތައިލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ހުނަރުވެރިކަމުގެ ދާއިރާގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން ބޯޑުގެ އެގްޒެކެޓިވް ކޮމިޓީއަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު!

ކ. އަތޮޅު ތަޢުލީމީ މަރުކަޒަށް 4 ފަންގިފިލާގެ އައު އިމާރާތެއް ބިނާކުރަނީ





