
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ދަނާލަކާއިއެކު ހިންނަވަރުގައި ތަރައްޤީކުރުމަށް ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.

ސަރުކާރުން މި މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިންނަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. އަދި އެމްއެންޔޫއިން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.
ހިންނަވަރުގައި ތަރައްޤީކުރާ އެމްއެންޔޫ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި ކްލާމްރޫމްގެ އިތުރުން މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެ އެވެ. އަދި ދަރިވަރުންގެ ދަނާލަކާއި ރެކްރިއޭޝަން ފެސިލިޓީއެއްގެ އިތުރުން ކެންޓީނެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ކެމްޕަސް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަޞައްވުރުގެ ދަށުން ހިންނަވަރުގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ.
ގުޅުންހުރި

ރާއްޖެއަށް ބޭނުންވާ ހެވީ މެޝިނަރީތައް ހޯދުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުންޏާއިއެކު އެއްބަސްވުމެއް!

ތިން ރަށެއްގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއަށް!

މާމިގިލީ މަގު ހެދުން: 300 މީޓަރަށް ތާރު އަޅައިފި





