
ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ޑޮލަރުތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އޮކްޓޫބަރު 24 ވަނަ ދުވަހުގެ ރޭ 2:40 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެގޮތުން މި މައުލޫމާތު ލިބުމުން ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20000 ޑޮލަރު ހުންނާނެކަމަށާ އަދި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައިފާސްކުރަމުން ދިޔައިރު 20000 ޑޮލަރާއެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވެއެވެ. މި ތަކެތި ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.
ފުލުހުން ވަނީ މި ތަކެތި ވެރިފަރާތާ މިހާރު ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވި ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ސަލާމަތީ ބާރުތަކަށް ޚާއްސަކޮށްގެން ކުރިޔަށްގެންދިޔަ ވިމެން މެންޓަރސް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި

ޔޫއެންއޯޑީސީއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒަމާނީ ފޮރެންސިކް އާލާތް ހަދިޔާކޮށްފި

ހުޅުމާލެ ފޭސް 3 ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ޑޮލަރުތަކެއް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި





