logoEN
Sto top
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

10/24/2025, 8:34:56 AM

# ރާއްޖެ - ޕާކިސްތާން

-

ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން ޖެނެރަލް ސާހިރް ޝަމްޝާދް މިރްޒާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފި އެވެ.

Wamco

ޖެނެރަލް ސާހިރް ޝަމްޝާދް މިރްޒާ ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި އެވެ.

އެގޮތުން އިއްޔެ ރާއްޖެ ވަޑައިގެން ޖެނެރަލް ސާހިރް ޝަމްޝާދް މިރްޒާ ވަނީ ރާއްޖޭގެ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އާއި އެކު ދިފާއީ މަޝްވަރާތަކެއް ކުރައްވާފައި އެވެ.

ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުވުމާއި ގުޅޭގޮތުން ދިފާއީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް އިތުުރު ތަފްސީލެއް ރާއްޖޭގެ ދިފާއީ ވުޒާރާއިންވެސް އަދި ޕާކިސްތާނުގެ ދިފާއީ ވުޒާރާއިންވެސް ހާމައެއް ނުކުރެއެވެ.

މި ބައްދަލުވުމުގައި، ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސޫލް ލޯދީއާއި ޕާކިސްތާން އަސްކަރިއްޔާގެ ބައެއް އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC