.jpeg&w=3840&q=75)
އިސްދޫ ކަލައިދޫގެ ބޮޑުމަގު ތާރު އަޅައިގެން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
# އިސްދޫ - ކަލައިދޫ-
ލ އިސްދޫއާއި ކަލައިދޫ ބޮޑުމަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިި އެވެ.

މި މަޝްރޫއު ރަސްމީކޮށް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ލ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެދެރަށަށް މިއަދު ވަޑައިގެން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަރިހުގައި އިސްދޫ ދާއިރާ މެންބަރު އިސްމާޢީލް ޝަފީޢު އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރް.ޑީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.
އިސްދޫ ކަލައިދޫގެ ބޮޑުމަގު ތަރައްޤީ ކުރުމުގެ މި ބޮޑު މަޝްރޫޢަކީ، ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަކަން އިތުރުކޮށް، އެދެރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަޝްރޫޢެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 730 ދުވަހެވެ. އާރްޑީސީއާއި ހަވާޅުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ އަގަކީ 138,382,550.82 ރުފިޔާ އެވެ.