.jpg&w=3840&q=75)
މީޑިއާ ކޮމިޝަނަށް ފަރުޞަތާއި ޞަފާ އަދި ޞަރާޙަތު އައްޔަނުކޮށްފި
# މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން-
ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތެއްގެ ހައިސިއްޔަތުން، އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން، [މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން] ގެ މެންބަރުކަމަށް ތިން ބޭޅުފަކު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤާއި ގ. ގޮފި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 (ހަތަރެއް) މެންބަރުންނެވެ.
އެގޮތުން މީޑިއާތަކުން އިންތިޚާބުކުރި 4 (ހަތަރެއް) މެންބަރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް 13 އޮކްޓޫބަރު 2025 ގައި ވަނީ ހަމަޖައްސަވާފައެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 (ދޭއް) މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 (ދޭއް) މެންބަރުންނެވެ.
ގުޅުންހުރި

މީޑިއާ ގްރާންޓާއި ގުޅޭ ކަންކަން ކުރުމަށް ޔޫތު މިނިސްޓްރީއާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއް!
.jpg&w=3840&q=75)
މީޑިއާ ކޮމިޝަނަށް ފަރުޞަތާއި ޞަފާ އަދި ޞަރާޙަތު އައްޔަނުކޮށްފި

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި
.jpg&w=3840&q=75)




