logoEN
Sto top
މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފި

މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/21/2025, 7:57:39 AM

# އާރްޑީސީ

-

ލ މާމެންދޫގެ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއި ހަވާލުކޮށްފި އެވެ.

Wamco

މި މަޝްރޫއުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މާމެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ ބައެއް މަގުތައް ޒަމާނީ ފެންވަރަށް ތާރު ނުވަތަ ގައު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC