
އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ މަހު 900އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރި!
# މޯލްޑިވްސް އިމިގްރޭޝަން-
އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ މަހު 960 ޕާސްޕޯޓު ދޫކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ 3884 ޕާސްޕޯޓް ދޫކޮށްފައިވެއެވެ. އަދި 3897 އެޕްލިކޭޝަނެއް ވަނީ ޕްރޮސެސްކޮށްފައެވެ.
އެގޮތުން މާލެއިން 2115 ޕާސްޕޯޓް ދޫކޮށްފަވާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ފާސްޕޯޓު ވަނީ ދޫކޮށްފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް، ވިލިމާލެއިން 36 ޕާސްޕޯޓް މި މުއްދަތުގެ ތެރޭގައި ވަނީ ދޫކޮށްފައެވެ.
މީގެއިތުރުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު ޖުމްލަ 960 ޕާސްޕޯޓް ދޫކޮށްފައިވެއެވެ.
ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓް ދޫކުރި ރަށްތަކާއި އަދަދު:
• ސ. މަރަދޫ 146 ޕާސްޕޯޓް
• ހދ. ކުޅުދުއްފުށި ސިޓީ 144 ޕާސްޕޯޓް
• ލ. ފޮނަދޫ 122 ޕާސްޕޯޓް
• ގދ. ތިނަދޫ ސިޓީ 111 ޕާސްޕޯޓް
• ރ. އުނގޫފާރު 100 ޕާސްޕޯޓް
• ހއ. ދިއްދޫ 70 ޕާސްޕޯޓް
• ޏ. ފުވައްމުލަކު ސިޓީ 65 ޕާސްޕޯޓް
• ށ. ފުނަދޫ 57 ޕާސްޕޯޓް
• ދ. ކުޑަހުވަދޫ 47 ޕާސްޕޯޓް
• ބ. އޭދަފުށި 39 ޕާސްޕޯޓް
• ނ. މަނަދޫ 34 ޕާސްޕޯޓް
• ހއ. އިހަވަންދޫ 11 ޕާސްޕޯޓް
• އއ. ރަސްދޫ 9 ޕާސްޕޯޓް
• ވ. ފެލިދޫ 1 ޕާސްޕޯޓް
• ފ. ނިލަންދޫ 1 ޕާސްޕޯޓް
• މ. މުލި 1 ޕާސްޕޯޓް
• ތ. ވިލުފުށި 1 ޕާސްޕޯޓް
• ތ. ވޭމަންޑޫ 1 ޕާސްޕޯޓް
މީގެ އިތުރުން މެލޭޝިޔާގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓް ދޫކޮށްފައިވާއިރު، މިދިޔަ މަހު 25 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓްކޮށްފައިވެއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މިސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެންބަރު މަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
ރައީސްގެ ވަޢުދާއެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ މިހާރުވަނީ ފުއްދަވާފައެވެ.
ގުޅުންހުރި

އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ މަހު 900އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރި!

ވަޒީފާ ދިން ފަރާތައް ފިލައިގެން އުޅުނު 5 ބިދޭސީން ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް އުޅެމުންދިއަ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
