logoEN
Sto top
ރަތަފަންދޫގައި 5 މިލިއަން ގަސް މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ރަތަފަންދޫގައި 5 މިލިއަން ގަސް މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

10/18/2025, 9:00:56 AM

# 5 މިލިއަން ގަސް މަޝްރޫއު

-

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ "5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢު"ގެ ދަށުން ގދ. ރަތަފަންދޫއަށް ހަދިޔާ ކުރެވުނު ގަސްތައް އިންދުމުގެ ޙަރަކާތެއް އެރަށުގައި ކުރިއަށް ގެންގޮސްފައެވެ.

Wamco

މި ޙަރަކާތަކީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހިން މުއްސަނދި މާހައުލެއް ބިނާކުރުމަށްޓަކައި، ރަތަފަންދޫ ކައުންސިލާއި، ރަށުގެ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ރަށު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގެ ދަށުން ރަށުގެ އެކި ސަރަހައްދުތަކުގައި ތަފާތު ވައްތަރުގެ ގަސްތައް ވަނީ އިންދާފައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް މަގުފަހިކުރުމެވެ. މީގެ އިތުރުން، ރަށުތަކުގެ ހިތްފަސޭހަކަން އިތުރުކޮށް، ތިމާވެށީގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްވެސް މި މަޝްރޫޢުގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިފަދަ ޙަރަކާތްތަކުގެ ސަބަބުން ރަށުތަކުގެ ރީތިކަން އިތުރުވެ، ރައްޔިތުންގެ މެދުގައި ތިމާވެށި ދެމެހެއްޓުމަށް ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC