logoEN
WAMCO TOP 1
ފުނަދޫގައި ގުދުރަތީ ޕާކުތައް ގާއިމުކޮށް ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްފި

ފުނަދޫގައި ގުދުރަތީ ޕާކުތައް ގާއިމުކޮށް ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްފި

އަހުމަދު ޝުރާއު

logo

10/18/2025, 7:07:23 AM

# ށ ފުނަދޫ

-

ށ. ފުނަދޫގައި ގުދުރަތީ ޕާކުތައް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

THE TRAVELLER AD

ތިމާވެއްޓާއި ބެހޭ ވުޒާރީން ބުނީ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ގޮތުން، ށ. ފަރިކޮޅު ރައްކާތެރިކުރެވިފައިވާ ސަރަހައްދު ރަސްމީކޮށް ބަލަހައްޓަން ފަށާފައިވާކަމަށެވެ.

މި ސަރަހައްދު މިހާރު ރަސްމީކޮށް ބަލަހައްޓަމުން ދަނީ ތަމްރީނު ލިބިފައިވާ ދެ ރޭންޖަރުންނެވެ. މި ރޭންޖަރުންގެ މަސައްކަތަކީ ފަރިކޮޅުގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިދުމަތްދިނުމެވެ. މިއީ ފުނަދޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ، ގުދުރަތީ ވަށައިގެންވާ މާހައުލު ރައްކާތެރިކޮށް، އެއާއެކު ރަށުގެ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަން ގެނައުމެވެ. ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަކީ ރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއަޅާނެ ކަމެކެވެ. މި ފަދަ ޕާކުތަކަކީ ތިމާވެއްޓަށް އެކުވެރިގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށުގެ ރައްޔިތުންނަށް އާ އާމްދަނީގެ މަގުތައް ހުޅުވައިދޭނެ ކަމެކެވެ.

މިފަދަ މަސައްކަތްތަކުން ފުނަދޫގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެށި ރައްކާތެރިކުރުމާއި އާބާދީގެ ފުދުންތެރިކަން ގުޅުވައިލެވޭނެކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC