logoEN
Sto top
ޖޮޓާ-ޖޮޓީ ތިނަދޫ ސިޓީ އިވެންޓް މާދަމާ: ތިނަދޫގެ 4 ސްކައުޓް ގުރޫޕަކުން ޖުމްލަ 100 އަށްވުރެ ގިނަ ސްކައުޓުން ބައިވެރިވާނެ!

ޖޮޓާ-ޖޮޓީ ތިނަދޫ ސިޓީ އިވެންޓް މާދަމާ: ތިނަދޫގެ 4 ސްކައުޓް ގުރޫޕަކުން ޖުމްލަ 100 އަށްވުރެ ގިނަ ސްކައުޓުން ބައިވެރިވާނެ!

އަހުމަދު ޝުރާއު

logo

10/17/2025, 11:35:41 AM

# ޖޮޓާ-ޖޮޓީ

-

ދުނިޔޭގެ ސްކައުޓް ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޖަމްބޮރީ އޮން ދި އެއަރ އަދި ޖަމްބޮރި އޮން ދި އިންޓަރނެޓް މި އަހަރުވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Wamco

މި ހިނގާ އޮކްޓޯބަރ މަހުގެ 17 އިން 19 އަށް ކުރިއަށް ގެންދާ މި ޙަރަކާތުގައި 174 ގައުމަކުން 2 މިލިއަނަށް ވުރެ ގިނަ ސްކަޓުން ބައިވެރިވާނެ ކަމަށް ދުނިޔޭގެ ސްކައުޓް ޖަމިއްޔާ އިން ލަފާކުރެއެވެ. ދުނިޔޭގައި ބާއްވާ ސްކައުޓުންގެ އެންމެ ބޮޑު ޑިޖިޓަލް ޙަރަކާތުގެ ގޮތުގައި ފާހަނގަކުރެވިފައިވާ މި ހަރަކާތުގެ ތެރެއިން މުޢާމަލާތުކުރުމާއި، ސުލްޙަވެރި މުޖުތަމަޢަކަށް އެންމެން އެކުގައި މަސައްކަތްކުރުމާއި ޓެކްނޮލޮޖީގެ ހުނަރުތައް ފަދަ 21ވަނަ ޤަރުނަށް މުހިންމު ހުނަރުތައް ސްކައުޓުން ދަސްކުރާނެއެވެ.

ޖޮޓާ-ޖޮޓީގެ މި އަހަރުގެ ޝިޢާރަކީ "އަ ވޯލްޑް ޝޭޕްޑް ބައި ޔޫތް" ނުވަތަ ޒުވާނުން ފަރުމާކުރަމުންދާ ދުނިޔެއެވެ. އެއީ މުޖުތަމަޢުތަކަށް ހެޔޮ ބަދަލުތައް ގެނައުމުގައި ސްކައުޓުންނާއި ޒުވާނުންގެ އަދާކުރާ ދައުރާއި އެމީހުންގެ އުފެއްދުންތެރި ވިސްނުމާއި، ޖޯޝާއި އެކު އިސްނަގައި ކުރަމުންދާ މަސައްކަތުގެ ރަމްޒެވެ.

ޖޮޓާ-ޖޮޓީގެ މަޤްސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލްކޮށްދިނުމަށާއި، ހުރިހާ ސްކައުޓުންނަށް ވެސް މި ޙަރަކާތުގައި ބައިވެރިވެވޭނެމަގު ފަހިކޮށްދިނުމުގެ ގޮތުން ތިނަދޫ ސިޓީގެ 4 ސްކައުޓް ގުރޫޕަކުން ޖުމްލަ 100 އަށްވުރެ ގިނަ ސްކައުޓުންނާއި އެކު ޖޮޓާ-ޖޮޓީ ތިނަދޫ ސިޓީ އިވެންޓް ކުރިއަށްދާނީ އޮކްޓޯބަރ 18 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރު 14:30 އަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ރެސިލިއެންޓް ސްކައުޓް ގުރޫޕުން މައުލޫމާތު ދޭގޮތުގައި ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާ އާއި އޯރގަޒައިޒޭޝަން ފޯ ކޮމިއުނިޓީ ރިސެލިއެންސް އާއި ގުޅިގެން އިންތިޒާމްކުރާ މި އިވެންޓުގައި 1ވަނަ ގދ ސްކައުޓް ގުރޫޕް (ގދ. އަތޮޅު ތަޢުލީމީ މަރުކަޒު)، 7ވަނަ ގދ ސްކައުޓް ގުރޫޕް (އަބޫބަކުރު ސްކޫލް) އަދި 8ވަނަ ސްކައުޓް ގުރޫޕް (ތިނަދޫ ސްކޫލް) ގެ ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައި އެވެ.

ތިނަދޫގައި މާދަމާ ބާއްވާ މި އިވެންޓުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރއެއްގެ ގޮތުގައި ދިރާގު، އެސޯސިއޭޓް ޕާޓްނަރ އެއްގެ ގޮތުގައި ތިނަދޫ ސިޓީ ޕޮލިސް އަދި މީޑިއާ ޕާޓްނަރއެއްގެ ގޮތުގައި ގާފު ވަނީ ހަމަޖައްސާފައި އެވެ.

ސިލިއެންޓް ސްކައުޓް ގުރޫޕުން ވަނީ މި އިވެންޓް އިންތިޒާމްކޮށް ކުރިއަށްގެންދިއުމަށް ހުރިހާ ސްކައުޓް ގުރޫޕްތަކުންނާއި ޕާޓްނަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށްފައި އެވެ. އަދި އެ ގުރޫޕުގެ އަމާޒަކީ ތިނަދޫގައި ސްކައުޓުގެ ރޫޙު އާލާކޮށް، ތިނަދޫގެ ޒުވާނުންނަކީ މުޖުތަމަޢަށް ބޭނުންތެރި، ހުނަރުވެރި އަދި ވިލުންވެރި ބަޔަކަށް ހެދުންކަން ފާހަގަކޮށްފައިވާއިރު މި މަސައްކަތުގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ރެސިލިއެންޓް ސްކައުޓް ގުރޫޕުން މަރުޙަބާކިޔާނެކަމަށްވެސް ވަނީ މައުލޫމާތު ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC