logoEN
Sto top
ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތްވެސް އެންމެ ލަސްވެގެން 30 މަސްދުވަހުގެ ތެރޭ ނިންމާނަން - ރައީސް

ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތްވެސް އެންމެ ލަސްވެގެން 30 މަސްދުވަހުގެ ތެރޭ ނިންމާނަން - ރައީސް

އަހުމަދު ޝުރާއު

logo

10/14/2025, 5:48:49 PM

# ރައީސް މުއިއްޒު

-

މިއަދު އަމަލީ މަސައްކަތް ފެށި ށ ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތްވެސް އެންމެ ލަސްވެގެން 30 މަސް ދުވަހުގެތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

ރައީސް މިފަދައިން ވިދާޅުވީ މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތް މިއަދު ފެށިގެން ދިޔައީ އެއްވެސް މަޑުޖެހުމެއްނެތި ހަލުއި ދުވުލީގައި ކުރިޔަށްގެންދެވޭނެ ގޮތަށް ކަމަށާއި މި މަޝްރޫއުގެ ދަށުން މިއަދު ފެށިގެން ދިޔައީ ބިން ހިއްކުމަށް ބޭނުންވާ ބަންޑްވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ބަންޑްވޯލް ޖެހުމުގެ މަސައްކަތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި އިތުރު މަޑުޖެހުމެއް ނެތި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިޔަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވީ އެއަޕޯޓް މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކާނެކަމަށާއި ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާ ގިނަވެގެން 30 މަަސްދުވަހުގެ ތެރޭގައި އެއަޕޯޓުގެ މަސައްކަތް ނިންމާ ހުޅުވާނެކަމަށެވެ.

މި އެއާޕޯޓަށް ބޭނުންވާ ހުރިހާ ހަރަދެއް ކުރާނީ އެމްެއޭސީއެލުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއާޕޯޓު ވެގެންދާނީ އެމްއޭސީއެލްގެ އެސެޓަކަށް ކަމަށާއި އެއާޕޯޓު ތަރައްޤީކުރެވިގެން ދިޔުމާއިއެކު އެއާޕޯޓު އޮޕަރޭޓްވެސް ކުރާނީ އެކުންފުނީން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމްއޭސީއެލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބޭނުންވާ ޑްރެޖަރުތައް ގެނައުމަށް އެކުންފުނީން ބޭރުގެ ބޮޑެތި ޑްރެޖަރުތައް ގެންގުޅޭ ކުންފުނިތަކާއިއެކު އެއްބަސްވުންތައް ހަދާފައިވާކަން ހާމަކުރައްވާފައި އެވެ. އަދި ކޮމަންޑޫ އެއާޕޯޓު ހިމެނޭހެން ށ އަތޮޅުގައި މިސަރުކާރުން ތަރައްޤީކުރާ ތިން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ގެންނަ ޑްރެޖަރު އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ހަފްތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC