logoEN
Sto top
ކަނޑިތީމު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ކަނޑިތީމު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އަހުމަދު ޝުރާއު

logo

10/13/2025, 8:56:51 AM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ މަގުހެދުމާއި ބަނދަރު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގައި މިހާރު އަމަލީ މަސައްކަތް ފެށިފައިވާ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތާއި ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.މި ބައްދަލުވުމުގައި ކައުންސިލް މެމްބަރުން އަދި ރަށުގެ ޞިއްހީ މަރުކަޒުގެ ފަރާތުން ވަނީ، ޞިއްހީ މަރުކަޒަކީ ސައުވީސް ގަޑިއިރު ޚިދުމަތްދެމުންދާ ތަނަކަށްވާތީ، ލެބް ޓެކްނީޝަނެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC