logoEN
Sto top
ކަނޑިތީމުގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމްކުރަނީ

ކަނޑިތީމުގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމްކުރަނީ

އަހުމަދު ޝުރާއު

logo

10/13/2025, 8:21:36 AM

# ބީއެމްއެލް

-

ބޭންކް އޮފް މޯލްޑިވްސް އިން ށ ކަނޑިތީމުގައި މިއަދު ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ.

Wamco

މި އައު ބްރާންޗުން ކަނޑިތީމުގެ ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތަކަށް ވާސިލުވެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މި ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި އެރަށު ކައުންސިލްގެ ރައީސްއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކޮށް، ބޭންކުގެ ޚިދުމަތްތަ ކަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަނޑިތީމުގައި އައު ބްރާންޗެއްގެ ބިންގާ އެޅުމަކީ ބޭނުންކަން ލިބޭ އުފަލެއް ކަމަށާއި މި އައު ބްރާންޗާއި މިއަދު ގާއިމްކުރެވުނު އޭޓީއެމް ޚިދުމަތާއެކު ފުރިހަމަ ޚިދުމަތެއް އެ މުޖުތަމައަށް ގެނެސްދެވިގެންދާނެކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC