
އިސްދޫގައި "5 މިލިއަން ގަސް" މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފި
# 5 މިލިއަން ގަސް މަޝްރޫއު-
ލ. އިސްދޫ ކައުންސިލާ ގުޅިގެން ގަސް އިންދުމުގެ ޚާއްސަ ޙަރަކާތެއް މިއަދު އެ ރަށުގައި ބާއްވައިފިއެވެ.

މި ޙަރަކާތަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ގަސްގަހާގެހި އިތުރުކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢު ކަމަށްވާ "5 މިލިއަން ގަސް އިންދުމުގެ" ގައުމީ މަޝްރޫޢުގެ ދަށުން ހިންގި ހަރަކާތެކެވެ.
މި ޙަރަކާތުގެ ތެރެއިން، "5 މިލިއަން ގަސް އިންދުމުގެ" މަޝްރޫޢުގެ ފަރާތުން 200 ގަސް ލ. އިސްދޫ ކައުންސިލަށް ވަނީ ހަދިޔާކުރެވިފައެވެ.
މި ގަސްތައް ބޭނުންކުރާނީ ރަށުގެ އެކި ސަރަޙައްދުތަކުގައި އިންދައި، ރަށުގެ ފެހިކަން އިތުރުކުރުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިފަދަ ޙަރަކާތްތަކަކީ ރައްޔިތުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ.
ގުޅުންހުރި

އޮޅުވެލިފުށިވެސް ފެހިކުރުމުގެ ބޮޑު ރޭހަށް!

ގުޅީގެ ހިއްކި ސަރަހައްދު ފެހިކުރުމަށް 2,000 ގަސް އިންދުމުގެ މަޝްރޫޢެއް ފަށައިފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ބެޖެއް، ސްކައުޓް ދަރިވަރުންނަށް ތަޢާރަފް ކުރުމަށް މަޝްވަރާކޮށްފި




