logoEN
Sto top
ފަސް މިލިއަން ގަސް މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

ފަސް މިލިއަން ގަސް މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

10/10/2025, 4:53:57 PM

# 5 މިލިއަން ގަސް މަޝްރޫއު

-

މިސަރުކާރުން އިފްތިތާހުކޮށްފައިވާ "ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، ލ. ފޮނަދޫ ކައުންސިލް ގުޅިގެން، ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

Wamco

މި ހަރަކާތުގެ ތެރެއިން ފޮނަދޫގެ ތިމާވެށި ހެޔޮކޮށް، ރަށް ފެހިކުރުމަށް މަގުފަހިކުރުމުގެ ގޮތުން 200 ގަސް ވަނީ ފޮނަދޫ ކައުންސިލަށް ހަދިޔާކޮށްފައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ރަށްތަކާއި ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ހިތްފަސޭހަ ތަންތަނަށް ހެދުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު އިތުރުކުރުމެވެ. މިއަދު ފޮނަދޫގައި ކުރިއަށްދިޔަ ގަސް އިންދުމުގެ ހަރަކާތަކީ، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

"ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ފަރާތުން ހަދިޔާކުރެވުނު 200 ގަސް ފޮނަދޫގެ އެކި ސަރަޙައްދުތަކުގައި އިންދުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތަށް ފޮނަދޫ ކައުންސިލުން ވަނީ ފުރިހަމަ އެއްބާރުލުން ދީފައެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށުގެ ރީތިކަން އިތުރުވެ، ތިމާވެށީގެ ގޮތުން ރަށަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފޮނަދޫ ކައުންސިލުން ފާހަގަކުރެއެވެ. މިފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު މަޝްރޫޢުތަކެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC