
-
ދިވެހިރާއްޖޭގައި ގަސްގަހާގެހި ގިނަކުރުމުގެ މަޤްޞަދުގައި ހިންގާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، ރޮޓަރީ ކްލަބް އޮފް މާލެ ތަފާތު ބާވަތްތަކުގެ 170،000 ގަސް އޮށް ހަދިޔާކޮށްފިއެވެ.

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ ރޮޓަރީ ކްލަބް އޮފް މާލެއިން ހަދިޔާކުރި އޮށެއްޗެހީގެ ތެރޭގައި ދިވެހި އޮނު، ފޭނީ އޮނު، ، ބޮޑު ކުންނާރު، އަދި އަރޮޅި ފަދަ ގަސްތަކުގެ އޮށް ހިމެނޭ ކަމަށާއި މި އޮށްތަކަކީ ރާއްޖޭގެ ތިމާވެއްޓަށް އެކަށޭނަ، އަދި ދިގު މުއްދަތަށް ދެމިހުންނާނެ ގަސްތައް އިންދުމަށް ބޭނުންވާނެ މުހިންމު ވަސީލަތެއް ކަމަށެވެ.
މި ހަދިޔާއާއެކު، ރާއްޖޭގެ ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ހަދިޔާކުރި މި އޮށްތައް ފުރަތަމަ ނަރސަރީތަކުގައި އިންދައި، ގަސްތައް ވަކިވަރަކަށް ބޮޑުވުމުން ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވާ ގޮތައްވަނީ ހަމަޖެހިފައެވެ. މިގޮތަށް ގަސްތައް ބަހާލުމަށް ފަހު ރަށްރަށުގައި ގަސްއިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށާއި، ކާބަން ޑައިއޮކްސައިޑްގެ މިންވަރު ދަށްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ގްރީންހައުސް ގޭސްތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރޮޓަރީ ކްލަބް އޮފް މާލެއިން މި މަޝްރޫޢަށް ދިން އެހީތެރިކަމަކީ، ދިވެހިރާއްޖޭގެ މުޖުތަމަޢަށް ހެޔޮ ބަދަލުތައް ގެނައުމަށް އެފަދަ ޖަމްޢިއްޔާތަކުން އަދާކުރާ މުހިންމު ދައުރެއް ހާމަވެގެންދާ ކަމެއްގެ ގޮތުގައި މިނިސްޓްރީން ސިފަކުރެއެވެ.
ގުޅުންހުރި

ގުޅީގެ ހިއްކި ސަރަހައްދު ފެހިކުރުމަށް 2,000 ގަސް އިންދުމުގެ މަޝްރޫޢެއް ފަށައިފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ބެޖެއް، ސްކައުޓް ދަރިވަރުންނަށް ތަޢާރަފް ކުރުމަށް މަޝްވަރާކޮށްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން މިހާތަނަށް 74،000 އަށްވުރެ ގިނަ ގަސް އިންދައިފި





