
ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތުގެ މީޑީއާ ތަމްރީނު ޕްރޮގްރާމެއް ފަށައިފި
# ދިފާއީ ވުޒާރާ-
ދީނީ ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތްކުރާނެ ގޮތުގެ މީޑީއާ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

"ދި އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" އާއި "ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ" ގުޅިގެން ބާއްވާ މި ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ މިއަދު ކުރުނބާ އައިލަންޑް ރިސޯޓްގައި އެވެ.
"އެނަލިސިސް އޮފް އެކްސްޓްރިމިސްޓް ޑިސްކޯރސް އެންޑް ހޭޓް ސްޕީޗް އިން ޑިޖިޓަލް މީޑިއާ"ގެ ނަމުގައި ބާއްވާ ތަމްރީނު ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މީޑިއާގައި މަސައްކަތްކުރާ ފަރާތަތަކަށް ހައްދުފަހަނައެޅުމާ ދެކޮޅަށް މީޑިއާ މެދުވެރިކޮށް ކުރެވިދާނެ ކަންތައްތަކަށް އަހުލުވެރިކުރުމާއި ކަންކަމުގެ މެދު މިންގަނޑު ކުރިއަރުވާނެ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމެވެ.
ގުޅުންހުރި

ވަޒީރު ޙަސަން ރަޝީދު ސަދަން އޭރިޔާގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އެއަރ ކޯރގެ އޮޕަރޭޝަންތައް ބައްލަވާލައްވައިފި

ބަންގްލަދޭޝްއާއިއެކު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އޮސްޓްރޭލިޔާއާއިއެކު ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި




