
މީޑިއާ ކޮމިޝަނުގެ އިންތިޚާބުގައި ވޯޓު ދިނުމަށް 190 ފަރާތުން ރަޖިސްޓްރީކުރި!
# މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން-
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހުޅުވާލި ފުރުޞަތު ރެއަށް ހަމަވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހުޅުވާލި ފުރުޞަތު ރޭގެ 12:00އަށް ހަމަވިރު 190 ފަރާތަކުން ރަޖިސްޓަރީވުމަށް ހުށަހަޅައިފައި ކަމަށެވެ.
ނިމިދިޔަ މީޑިއާ ކައުންސިލް އިންތިޚާބާ އަޅާބަލާއިރު މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މިންވަރު ވަނީ އިތުރުވެފައިވާކަން އީސީން ފާހަގަކުރެއެވެ. އެގޮތުން 2025 ޖޫން 21 ގައި މީޑިއާ ކައުންސިލްއަށް 3 މެންބަރުން އިންތިޚާބުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ފަރާތުން ބޭއްވި ބައި-އިލެކްޝަނުގައި މީޑިއާތަކުގައި މަސައްކަތްކުރައްވާ 313 ފަރާތްތަކުގެ ތެރެއިން ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވަނީ 78 ފަރާތެވެ.
އީސީން މީޑިއާ ކޮމިޝަން އިންތިހާބަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުން 2025 އޮކްޓޫބަރު 2 ވީ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 6 ވީހޯމަ ދުވަހާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ. އަދި ވޯޓުލާ މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ ސިޓީގައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރަޖިސްޓަރީވެފައިވާ ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތަކަށެވެ. އެގޮތުން، ބްރޯޑްކާސްޓަރުން ވޯޓުލާނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށެވެ. އަދި އެހެން މީޑިއާތަކުން ވޯޓުލާނީ އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށެވެ.
ގުޅުންހުރި

މީޑިއާ ގްރާންޓާއި ގުޅޭ ކަންކަން ކުރުމަށް ޔޫތު މިނިސްޓްރީއާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއް!
.jpg&w=3840&q=75)
މީޑިއާ ކޮމިޝަނަށް ފަރުޞަތާއި ޞަފާ އަދި ޞަރާޙަތު އައްޔަނުކޮށްފި

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި
.jpg&w=3840&q=75)




