logoEN
Sto top
މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ - ފަސްޓް ލޭޑީ

މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ - ފަސްޓް ލޭޑީ

އަހުމަދު ޝުރާއު

logo

10/5/2025, 4:12:32 AM

# ފަސްޓް ލޭޑީ

-

މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

Wamco

ފަސްޓް ލޭޑީ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން އެކަމަނާގެ ޕޯސްޓުގައި ވިދާޅުވީ ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، ބެލެނިވެރިއެއް ކަމަށާއި އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށެވެ. އަދި މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ފަސްޓް ލޭޑީގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ހެޔޮ ދުޢާކުރަމުން، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވާފައި އެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޮބަރު 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC