logoEN
Sto top
ރާއްޖޭގެ ފުރަތަމަ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025 ގެ ޗެމްޕިއަންކަން ށ. ކޮމަންޑޫ އެސް.ޑީ.އެމް.ޒީ އެން.ޖީއަށް!

ރާއްޖޭގެ ފުރަތަމަ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025 ގެ ޗެމްޕިއަންކަން ށ. ކޮމަންޑޫ އެސް.ޑީ.އެމް.ޒީ އެން.ޖީއަށް!

އަހުމަދު ޝުރާއު

logo

10/4/2025, 5:09:23 PM

# އުރީދޫ މޯލްޑިވްސް

-

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025 ޗެމްޕިއަންކަން ށ. ކޮމަންޑޫ އެސް.ޑީ.އެމް.ޒީ އެން.ޖީ ހޯދައިފިއެވެ.

Wamco

މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ އަތޮޅާއި ރަށް ތަމްސީލުކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިން ފުރަތަމަ އީސްޕޯޓްސް މުބާރާތެވެ. މުޅިން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅެފައިވަނީ ޕަބްޖީ މޮބައިލްއެވެ. 16 އަތޮޅެއްގެ 35 ރަށުން 49 ޓީމް ބައިވެރިވި މި މުބާރާތުގައި 294 ކުޅުންތެރިން ވާދަކުރިއެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަސް ގައި ބޭއްވި ރަސްމިއްޔާތު ވަނަ ވަނައަށް ދިޔަ ޓީމްތަކާއި އެ ރަށްރަށުގެ ކައުންސިލުން ވަނީ ބައިވެރިވެފައެވެ. އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް އާދަމް ޝަރީފް ޢުމަރެވެ.

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގް 2025 ކާމިޔާބުކުރި ފަރާތްތައް:

  1. 1 ވަނަ: ކޮމަންޑޫ އެސްޑީއެމްޒެޑް އެންޖީ - އިނާމު: 25،000 ރުފިޔާ
  2. 2 ވަނަ ފުވައްމުލައް ސިޓީ އޭކޭޒެޑް - އިނާމު: 12،000 ރުފިޔާ
  3. 3 ވަނަ ލ. ފޮނަދޫ ޑީއެމްޒެޑް - އިނާމު : 6،000 ރުފިޔާ
  4. 4 ވަނަ ޓީމް ބީ ކުޑަރިކިލު - އިނާމު : 3،000 ރުފިޔާ
  5. މޯސްޓް ވެލިއުބަލް ޕްލޭޔާ (އެމްވީޕީ): މާނު،ފުވައްމުލަކު ސިޓީ އޭކޭޒެޑް- އިނާމް 4000ރުފިޔާ

މި ލީގްގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަކީ ދިވެހި ގޭމިން ކޮމިއުނިޓީއަށް ބާރުވެރިކަން ހީދައިދިނުމަށް އެކުންފުނީން ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖޭއަށް ހުޅުވާލައިގެން ފުރަތަމަ އޮންލައިން މުބާރާތުގައި 16 އަތޮޅެއްގެ ކުޅުންތެރިން އެމީހަކު ތިބިތަނަކުން ކުޅެ އަމިއްލަ ރަށް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ މުބާރާތެއްގެ ގޮތުގައި ނިޔާޒު ސިފަކުރެއްވި އެވެ.

މި ލީގް ކާމިޔާބުކަމާއެކު ނިންމާލުމާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ޑިޖިޓަލް ލައިފްސްޓައިލް ކުރިއަރުވައި، ދިވެހި ހުނަރުވެރިން ކުރިއަރުވައި، ބައިނަލްއަޤްވާމީ އީސްޕޯޓްސް ސްޓޭޖަށް ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC