logoEN
Sto top
އުރީދޫ ފަން ރަން ޑިސެމްބަރ 19ގައި ހުޅުމާލޭގައި، ރެޖިސްޓްރޭޝަނަށް މިމަހު 19ގައި ހުޅުވާލާނެ!

އުރީދޫ ފަން ރަން ޑިސެމްބަރ 19ގައި ހުޅުމާލޭގައި، ރެޖިސްޓްރޭޝަނަށް މިމަހު 19ގައި ހުޅުވާލާނެ!

އަހުމަދު ޝުރާއު

logo

10/4/2025, 7:05:23 AM

# އުރީދޫ މޯލްޑިވްސް

-

އުރީދޫ މޯލްޑިވްސްގެ އެންމެ އުފާވެރި ދުވުން ކަމަށްވާ އުރީދޫ ފަން ރަން 19 ޑިސެމްބަރު 2025 ގައި ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

Wamco

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދުވުމަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭ އަދި އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ އިވެންޓެކެވެ.

ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ބައިވެރިވާ އުރީދޫ ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން އުފާވެރިކަމާއި މުޖުތަމައުގެ ރޫހު ދައްކުވައިދޭ ރޭހެއްގެ ގޮތުގައި ކުރިއަށް ގެންދާ ރަން އެކެވެ. މި އަހަރުގެ އެޑިޝަނަކީވެސް ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް މަޖާ އަދި އުފާވެރި މާހައުލެއްގައި އެއްބައިވަންތަ ކޮށް، އަހަރު ނިންމާލަން އެންމެ ރަނގަޅު އެއް އިވެންޓު ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ފަންރަން ހުޅުމާލެ ރެޖިސްޓްރޭޝަންއަށް ހުޅުވާލަން ހަމަޖެހިފައިވަނީ 19 އޮކްޓޫބަރު 2025 ގައެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިބޮޑު އެންމެނަށް އުރީދޫން ދައުވަތު ދެއެވެ.

މި ހަރަކާތުގައި ބައިވެރިންނަށް މަޖާ ކިޓްތަކާއި، ކުލަ، ފޯމް، މިއުޒިކް އަދި މުނިފޫހިފިލުވުމުގެ އެތައް ތަޖުރިބާއެއް އިވެންޓް ސަރަހައްދުން ލިބިގެންދާނެއެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ފިޓްނަސް ނޫން ކަމަށާއި މިއީ މުޖުތަމައު ގުޅުވާލާ އުފާވެރި އަދި އެއްބައިވަންތަ ވަގުތުތައް އުފެއްދުމަށް ބާއްވާ ހަރަކާތެކެވެ. ދުވުންތެރިންނާއި އާއިލާ އަދި ރަހުމަތްތެރިން އަނެއްކާވެސް އެއްތަނަކަށް އެއްވެ، އެ އުފާވެރިކަން ލިބި، އެކުގައި އުފާ ފާޅު ކުރާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އުރީދޫން ބުނެއެވެ.

ކިޓްތަކާއި، ރޫޓްތަކާއި، އިވެންޓާއި ގުޅޭ އިތުރު މައުލޫމާތު މި ހަރަކާތް އޮންނަ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އުރީދޫގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރެވިގެން ދާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC