logoEN
Sto top
އިހްސާނުގެ ސުވާލެއް އިދިކޮޅަށް: ކޮރަޕްޝަން ހުއްޓުވުމަށް 15 އަހަރު ލިބުނު، ކުރެވުނީ ކޮން ކަމެއް؟!

އިހްސާނުގެ ސުވާލެއް އިދިކޮޅަށް: ކޮރަޕްޝަން ހުއްޓުވުމަށް 15 އަހަރު ލިބުނު، ކުރެވުނީ ކޮން ކަމެއް؟!

އަހުމަދު ޝުރާއު

logo

9/30/2025, 10:37:44 AM

# އަލީ އިހްސާން

-

ކޮރަޕްޝަނާއި ދެކޮޅަށް ކަމަށްބުނެ އިދިކޮޅުން ބާއްވަން އުޅޭ އިހްތިޖާޖަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ފާޑުވިދާޅުވެއްޖެ އެވެ.

Wamco

އިހްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭ އިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމާއި ކަޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރުން ކަމަށެވެ. އަދި މި ސަރުކާރުން ދަނީ އެމަސައްކަތް ކުރަމުން ކަމަށް އިހްސާން ފާހަގަކުރެއްވި އެވެ.،

ކޮރަޕްޝަން ހުއްޓުވުމުގެ ފުރުސަތު ފާއިތުވި 15 އަހަރު ލިބި މިކަން ނުކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުތަކަށް މީހުން ނެރެގެން ކުރަން އުޅެނީ ކޮންކަމެއްތޯ ރައްޔިތުން ވިސްނާލަންޖެހޭ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ. އަދި މަގާމުތަކުގައި އެބޭފުޅުން ތިއްބެވި އިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮން ކަމެއްތޯވެސް ސުވާލު ކުރަން ޖެހޭ ކަމަށް އިހްސާން ވިދާޅުވިއެވެ.

އަދި ރައްތިތުންގެ އެސުވާލުތަކަށް ދޭނެ ޖަވާބު މި ސަރުކާރުގައި އޮންނާނެ ކަމަށް އިހްސާންގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އިހްސާން މިފަދައިން ވިދާޅުވެފައިމިވަނީ "ލޫޓުވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީ އިސްވެ އޮވެ އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރުވަމުންދަނިކޮށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މިއަދު ވަނީ އެމުޒާހަރާ އެންޑޯޒްކުރައްވައި މުޒާހަރާގައި ރައްޔިތުން ބައިވެރިވުމަށް ދައުވަތު ދެއްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC