
ލަންކާގެ ކޭ.އައި.ޔޫ ޔުނިވާސިޓީން ސްޓޫޑަންޓް އެކްސްޗޭންޖްގެ ފުރުޞަތުތައް ހޯދުމަށް މަޝްވަރާކޮށްފި
# ރާއްޖެ - ސްރީލަންކާ-
ސްރީ ލަންކާގެ ކޭ.އައި.ޔޫ ޔުނިވާސިޓީގެ އިސްބޭފުޅުން ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، ޢަހްމަދު ޝަފީޢު ވަނީ ކޭ.އައި.ޔޫ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއިއެކު މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
އެގޮތުން، އެ ދެ ފަރާތުން ގުޅިގެން ކުރިއަށްގެންދެވިދާނެ ޕްރޮގްރާމްތަކާއި، ސްޓޫޑަންޓް އެކްސްޗޭންޖްގެ ފުރުޞަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
ކޭ.އައި.ޔޫ ޔުނިވާސިޓީ ފަދަ ބޭރުގެ ޔުނިވާސިޓީތަކާއިއެކު ބޭއްވޭ މިފަދަ މަޝްވަރާ ބައްދަލުވުންތަކުގެ ސަބަބުން ދިވެހި ޒުވާނުންނަށް ބޭރުގެ ޔުނިވާސިޓީތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް އިތުރުވުމާއި އެކު ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް މުހިއްމު މަސައްކަތްތަކެއް ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިޔުމުގެ މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ގުޅުންހުރި

ރާއްޖެއާއިއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ލަންކާ ކެބިނެޓުން ރުހުން ދީފި

ކަސްޓަމަސްގެ މުވައްޒަފުންގެ ފަރާތުން ސްރީލަންކާއަށް 135,700 ރުފިޔާގެ އެހީއެއް!

ލަންކާގައި ކުރިއަށްގެންދިޔަ ފްލީޓް ރިވިއުގެ ހަރަކާތުގަ ކޯސްޓްގާޑު ޝިޕް ހުރަވީ ބައިވެރިވެއްޖެ





