
އެމްއެންޔޫ ކުޅުދުއްފުށި ކެމްޕަސްގައި ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށްގެންގޮސްފި
# 5 މިލިއަން ގަސް މަޝްރޫއު-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށި ކެމްޕަސްގައި ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޙަރަކާތުގައި މަޝްރޫޢުގެ އޮފިޝަލުންނާއި ކެމްޕަސްގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވިއެވެ.
މި މަޝްރޫޢަކީ ތިމާވެށި ހިމާޔަތްކުރުމަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށާއި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ކުޅުދުއްފުށި ކެމްޕަސްއިން ވިދާޅުވީ، މި ޙަރަކާތުގައި 100 އަށް ވުރެ ގިނަ ގަސް އިންދުނު ކަމަށާއި، މީގެ ތެރޭގައި ރުއް، ފަތްކެޔޮ އަދި ފޭރުގަސް ހިމެނޭ ކަމަށެވެ. އަދި މި ގަސްތައް އިންދުމުގައި ދަރިވަރުންގެ ޝައުޤުވެރިކަން ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ފެށުނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. މި މަޝްރޫޢުގެ ދަށުން، ޔުނިވަރސިޓީގެ ހުރިހާ ކެމްޕަސްތަކެއްގައި އަދި ރާއްޖޭގެ އެކި ރަށްރަށުގައި ގަސް އިންދުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށި ހިމާޔަތްކުރުމާއި، ދަރިވަރުންގެ މެދުގައި ތިމާވެށްޓާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.
ގުޅުންހުރި

ގުޅީގެ ހިއްކި ސަރަހައްދު ފެހިކުރުމަށް 2,000 ގަސް އިންދުމުގެ މަޝްރޫޢެއް ފަށައިފި

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ބެޖެއް، ސްކައުޓް ދަރިވަރުންނަށް ތަޢާރަފް ކުރުމަށް މަޝްވަރާކޮށްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން މިހާތަނަށް 74،000 އަށްވުރެ ގިނަ ގަސް އިންދައިފި





