logoEN
WAMCO TOP 1
ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިފުރާހު ނިޔާވެއްޖެ

ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިފުރާހު ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

9/25/2025, 4:32:55 PM

# ގައުމީ ފުޓްބޯޅަ ޓިމް

-

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) ނިޔާވެއްޖެއެވެ.

THE TRAVELLER AD

އިފުރާ ނިޔާވިކަން ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މީސް މީޑިއާގައި ކަށަވަރުކޮށްދީފައި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިފުރާ ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގައި އެވެ. އިފުރާއަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދޭން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

އެގޮތުން އިފްރާހު ނިޔާވީ ހެމޮރެޖިކް ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސިކުޑިއަށް ލޭއެޅުމާއި ގުޅިގެން ސާޖަރީއެއްވެސް ކުރުމަށްފަހު އޭޑީކޭގައި އައިސޫޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އިފްރާހުއަކީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި ކުޅަދާނެ ކީޕަރެކެވެ. ވެލެންސިއާއިން ކެރިއަރު ފެށި އިފްރާހް ވަނީ ރާއްޖޭގެ ފުޓްބޯލައިގެ އެންމެ ވަރުގަދަ ކްލަބުތަކުގައި އޭނާގެ ހުނަރު ދައްކާލާފައި އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ހިމެނެއެވެ.

ކޮމެންޓް
ފަހުގެ
HDC