
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިހާބު 11 އޮކްޓޯބަރުގައި!
# މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން-
ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު އަންނަ އޮކްޓޯބަރު މަހަށް ތާވަލުކޮށްފި އެވެ.

އީސީން މި އިންތިހާބު ރަސްމީކޮށް އިއުލާނުކޮށް ނެރުނު ބަޔާނެއްގައި ބުނީ މި އިންތިޚާބުގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުން އިންތިޚާބުކުރާނެ ކަމަށެވެ.
މި މަޤާމުތަކަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު 2025 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ އެކޮމިޝަނުގެ މައި އިދާރާ އަށެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ. އަދި ވޯޓުލާ މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ ސިޓީގައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރަޖިސްޓަރީވެފައިވާ ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތަކަށެވެ. އެގޮތުން، ބްރޯޑްކާސްޓަރުން ވޯޓުލާނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށެވެ. އަދި އެހެން މީޑިއާތަކުން ވޯޓުލާނީ އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށެވެ.
ގުޅުންހުރި

މީޑިއާ ގްރާންޓާއި ގުޅޭ ކަންކަން ކުރުމަށް ޔޫތު މިނިސްޓްރީއާއި އެމްއެމްބީސީއާ ދެމެދު އެމްއޯޔޫއެއް!
.jpg&w=3840&q=75)
މީޑިއާ ކޮމިޝަނަށް ފަރުޞަތާއި ޞަފާ އަދި ޞަރާޙަތު އައްޔަނުކޮށްފި

މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފި
.jpg&w=3840&q=75)




