ލޯލޯ އެކެޑަމީގެ ފަރާތުން މޭނާ ސްކޫލުގެ ދަރިވަރުންނަށް ބެޑްމިންޓަން ކޯޗިންގ ކޭމްޕެއް ބާއްވަނީ
# ލޯލޯ ސްޕޯޓްސް އެކެޑަމީ-
ނ ހޮޅުދޫގައި ފުޅާދާއިރާއެއްގައި ބެޑްމިންޓަން ކުރިއެރުވުމުގެ މަސައްކަތް ކުރަމުންއަންނަ ލޯލޯ ސްޕޯޓްސް އެކެޑެމީގެ ފަރާތުން ޖޫނިއާ ކޯޗިންގ ކޭމްޕެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އެއެކަޑަމީގެ ފަރާތުން ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން އެކަޑަމީގެ މަސްއޫލުވެރިޔާ މުހައްމަދު އާމިރު ވިދާޅުވީ ހޮޅުދޫގެ މޭނާ ސްކޫލުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އަންނަ މަހު ޚާއްސަ ޖޫނިއާ ކޯޗިންގ ކޭމްޕެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މި ކޭމްޕަކީ ބެޑްމިންޓަން ކުޅެއް އަލަށް ފަށާ ކުދީންނަށާއި ޖޫނިއާ އުމުރުފުރާގެ ކުދީންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ.
އާމިރު އިތުރަށް ވިދާޅުވީ މި ކޭމްޕަކީ މޭނާ ސްކޫލުގައި ބެޑްމިންޓަށް ކުޅުންތެރިން ތަރައްޤީކޮށް ގައުމީ ފެންވަރުގައި ވާދަކުރެވޭ ފެންވަރަށް ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމުގެ މަގްސަދުގައި ހިންގާ ކޭމްޕެއް ކަމަށެވެ. އެގޮތުން މި ކޭމްޕު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޯޗު ހުސެއިން ރަޝީދު ( ދޮންބެ ކޯޗު) ގެ ބެލުމުގެ ދަށުން ކަން އާމިރު ފާހަގަކުރެއްވި އެވެ.
ހޮޅުދޫ ބެޑްމިންޓަން ކޯޓުގައި ކުރިޔަށް ގެންދިޔުމަށް ހަަމަޖެހިފައިވާ މި ކޭމްޕަކީ ދެމަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ ކޭމްޕެކެވެ. މިކޭމްޕުގައި ބައިވެރިވާ ކުދީންގެ އެންމެ ހަގު އުމުރަކީ 6 އަހަރެވެ.
ލޯލޯ ސްޕޯޓްސް އެކަޑަކީ އަކީ ރާއްޖޭގައި މިފަހަކަށް އައިސް ބާއްވާ ބެޑްމިނިސްޓަރ މުބާރާތްތަކުގައި ރަނގަޅު ވަނަތަކެއް ހޯދަމުން އަންނަ ކުޅުންތެރިތަކެއް ތަމްރީނު ކުރަމުން އަންނަ އެކަޑަމީއެކެވެ. އެގޮތުން ދާދި ފަހުން މާލޭގައި ބޭއްވި ދިރާގު މޯލްޑިވް ޖޫނިއާ އޯޕަން 2025 ގައިވެސް އެއެކަޑަމީގެ ޖޫނިއާ ކުޅުންތެރިން ވަނީ ރަނގަޅު ވަނަތަކެއް ހޯދާފައި އެވެ.



