logoEN
Sto top
މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ބައިވެރިންނަށް ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ބައިވެރިންނަށް ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

9/23/2025, 5:53:14 PM

# އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދު ސްކޫލުގެ މުދައްރިސުންތަކެއް: ފޮޓޯ | މިހާރު

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރެއިން ޕްރައިމަރީ، ދިވެހި އަދި އިސްލާމް މާއްދާ އިން ޓީޗިން ހަދާ ފަރާތްތަކަށް ސްޓައިޕެންޑް ދިނުމަށް ހުޅުވާލައިފިއެވެ.

Wamco

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖް ތަކުގައި، ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް މަހަކު 1،500 ރުފިޔާގެ ސްޓައިޕެންޑް ލިބޭނެ ކަމަށެވެ. މި ސްޓައިޕެންޑް ދިނުމުގައި ޚާއްޞަކޮށް ޕްރައިމަރީ ގްރޭޑްތަކަށާއި، އިސްލާމް އަދި ދިވެހި މާއްދާ ކިޔަވައިދޭނެ މުދައްރިސުން ލިބުން ދަތި ރަށްރަށުގެ ސްކޫލްތަކުގައި ވަޒީފާ އަދާކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަން ދޭން ވަނީ ނިންމާފައި އެވެ.

މި ފުރުޞަތަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި:

• ދިވެހިރާއްޖޭގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖެއްގައި އެންރޯލްވެ ކިޔަވަމުންދާ ފަރާތެއްކަމުގައިވުން.

• ޕްރައިމަރީ، އިސްލާމް ނުވަތަ ދިވެހި މާއްދާ ކިޔަވައިދިނުމަށް ތަމްރީންވާ ކޯހަކަށްވުން.

• ކޯހުގެ ކިޔެވުން ފަށާފައިވަނީ 1 ޖެނުއަރީ 2025 ގެ ފަހުން ކަމުގައިވުން.

• އުމުރުން 40 އަހަރަށް ވުރެން ދޮށީ މީހަކަށް ނުވުން.

މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް 2 އޮކްޓޫބަރު 2025 ގެ ކުރިން ގޫގުލް ފޯމް ލިންކް (https://forms.gle/tQYCUMX4fWVBNooFA) މެދުވެރިކޮށް އެޕްލިކޭޝަން ހުށައެޅޭނެއެވެ.

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3041046 މި ނަންބަރަށެވެ. އީމެއިލް ކުރައްވާ ނަމަ ފޮނުއްވާނީ މި މެއިލް އެޑްރެހަށެވެ.

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު މިނިސްޓްރީގައި ގާއިމުކުރެވިފައިވާ "ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ)" ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި ވިލާ ކޮލެޖް ގުޅިގެންނެވެ.

ދިވެހިރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ޤައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC