.webp&w=3840&q=75)
ސައޫދީގެ އެންމެ މަތީ މުފްތީ އަވަހާރަވުމާއިގުޅިގެން ރާއްޖޭގައިވެސް ޣައިބަށް ކަށުނަމާދު ކުރަނީ
# ސައުދީ އަރަބިއްޔާ-
ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދުކުރުމަށް ނިންމައިފި އެވެ.

ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު އަވަހާރަވީ މިއަދުގެ ވަގުތެއްގައި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުއަކީ އިސްލާމްދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެއް ކަމަށާއި އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގައި އެމަނިކުފާނު ޚުޠުބާ ދެއްވާފައިވާ ކަމަށެވެ.
އަދި އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރެވޭނެކަން ހާމަކުރައްވައި ޝަހީމް ވިދާޅުވީ ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.