
-
މ ކޮޅުފުށީގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލް ޢަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮޅުފުށީގެ މަގުތައް ޑިޒައިން އެންޑް ބިލްޑް އުސޫލުން ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީއާއިއެވެ. އެގޮތުން މި މަޝްރޫއު އެކުންފުންޏާއި ހަވާލުކުރީ 93,787,059.02 ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ގުޅުންހުރި

ވިލުފުށި އަދި ކޮޅުފުށީގައި އަލަށް ބިނާކޮށްފައިވާ ހައުސިންގް ޔުނިޓްތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީ ނިމެނީ

ކޮޅުފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި
ކޮޅުފުށީ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި




