logoEN
WAMCO TOP 1
ޖޭއެސްސީއަށް މުޖްތާޒް ޢައްޔަންކުރައްވައިފި

ޖޭއެސްސީއަށް މުޖްތާޒް ޢައްޔަންކުރައްވައިފި

އަހުމަދު ޝުރާއު

logo

9/16/2025, 11:42:07 AM

# ޖޭއެސްސީ

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މއ. ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް މިއަދު ޢައްޔަންކުރައްވައިފިއެވެ.

THE TRAVELLER AD

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު މުޙައްމަދު މުޖްތާޒާ ޙަވާލުކޮށްދެއްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ކޮމެންޓް
ފަހުގެ
HDC