logoEN
Sto top
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް އެސަރަހައްދަށް!

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް އެސަރަހައްދަށް!

އަހުމަދު ޝުރާއު

logo

9/16/2025, 10:54:50 AM

# ރައީސް މުއިއްޒު

--

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ސަރަހައްދަށް ވަޑައިގެންފި އެވެ.

Wamco

ރައީސް އެސަރަހައްދަށް ވަޑައިގެންނެވީ މިއަދު މެންދުރު އެވެ. އެގޮތުން އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާއިރު އެމަޝްރޫއުގެ ދަށުން މިހާރު ވަނީ ފުރަތަމަ ސެގްމެންޓުގެ އެންކަރ ބްލޮކް އިންސްޓޯލޭޝަންގެ %65 އަދި ސީ ޗެނަލް އިންސްޓޯލޭޝަންގެ %73 މަސައްކަތް ނިންމާލާފައި އެވެ. މީގެ އިތުރުން ރިކްލެމޭޝަންގެ %82 މަސައްކަތްވެސް މިހާރު ވަނީ ފުރިހަމަވެފައި އެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ހިމެނެއެވެ. އަދި އެމަސައްކަތުގެ ތެރެއިން ތަރައްޤީކުރާ މަގުތަކުގައި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 144,509,024.16 ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC