
ގޮތް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ގިނަ ބައެއްގެ އަޑުއެހުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ - ރައީސް
# ރައީސް މުއިއްޒު-
ނިންމުންތައް ނިންމާ ކޮންމެ މަރުހަލާއެއްގައިވެސް އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު ވަރަށްބޮޑަށް އިތުރުކުރައްވައި، ގޮތް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ގިނަ ބައެއްގެ އަޑުއެހުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މި ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކާ، ހައްޤުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްކަކާއެކު ރާއްޖެއިން ސާބިތުކަންމަތީ ދެމިއޮންނާނެކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް މިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ ބައިވެރިވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ދެއްވާފައިވެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމަށް ޔުނައިޓަޑް ނޭޝަންސް ޖެނެރަލް އެސެމްބްލީއިން ނިންމެވީ 2007 ވަނަ އަހަރުއެވެ. އަދި ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރީ 15 ސެޕްޓެމްބަރ 2008 ގައެވެ. މިދުވަސް ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރ 15 ވަނަ ދުވަސް ކަމުގައި ނިންމާފައިވަނީ، މި ދުވަހަކީ ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކޮށްދޭ 'ޔުނިވަރސަލް ޑެކްލަރޭޝަން އޮން ޑިމޮކްރަސީ'، 1997 ވަނަ އަހަރު، އިންޓަރޕާލަމެންޓްރީ ޔޫނިއަނުން ބަލައިގެން ދުވަސް ކަމުގައިވާތީއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ޑިމޮކްރެޓިކް ވެރިކަމެއްގެ މުހިންމުކަން ހަނދާންކޮށްދީ، ސިޔާސީ މަރުހަލާތަކުގައި ރައްޔިތުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމެވެ.
ގުޅުންހުރި

ގޮތް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ގިނަ ބައެއްގެ އަޑުއެހުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ - ރައީސް

ޙާފިޡުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފި

ރައީސް ގަތަރަށް ފުރާވަޑައިގެންފި
